

މާލޭ ގެއެއްގައި ނިޔާވެފައި އޮތް ދިވެހި ފިރިހެނަކު ފެނިއްޖެއެވެ.
މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން ދިވެހި ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި ހެންވޭރުގައި ހުރި ގެއެއްގެ 4 ވަނަ ފަންގިފިލާގެ ފާހާނާއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމަށާ ނިޔާވެފައި އޮއްވާ ފެނިފައިވަނީ ގ. ލަންކާ އުމުރުން 46 އަހަރުގެ އަބްދުﷲ މުފީދު ކަމަށެވެ. އަދި ފުލުހުން ގެންދަނީ މިހާރު އެ ސަރަހއްދުގައި ހަރަކާތްތެރިވަމުން ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
މިކަމާ ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައިނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އެ ސަރަހައްދަށް ގޮސްފައިވަނީ ހެންވޭރު ވައިލެޓު މަގުގައި ހުންނަ ދަ މާސް ފަރުނީޗަރު ފިހާރައާ ހިސާބުން ވަރަށް ބޮޑަށް ކުނި ވަސް ދުވާތާ ހަތަރު ދުވަސްވެފައިވާތީ، ބަޔަކު ކުރި ރިޕޯޓަކާ ގުޅިގެންނެވެ.