March 20, 2026
Advertisement
އިއްޒުއްދީން ފާލަން ތަރައްގީކޮށް އަލުން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ
އިއްޒުއްދީން ފާލަން ތަރައްގީކޮށް އަލުން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ / ރައީސް އޮފިސް

ރަސްމީ ފާލަން ސަރުކާރުން އާއްމުންނަށް ބަންދުކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
May 8, 2025, 04:30 PM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުން ރަސްމީ ފާލަން އާންމު ރައްޔިތުންނަށް ބަންދު ކޮށްފި އެވެ.

Advertisement

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި، ވެސް ރަސްމީ ފާލަން އަލުން ހެދި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރު ފާލަމުގެ ޑިޒައިން ހެދީ ރިޔަލެއްގެ ގޮތަށެވެ. ފާލަމުގެ ޑިޒައިން އެއްކޮށް ބަދަލުކޮށް، އެތަން ހުޅުވައި އިއްޒުއްދީން ފާލަމުގެ ނަން ދިނެވެ.

އެ ފާލަން ހުޅުވުމަށް ފަހު ދެ ފަހަރެއްގެ މަތިން އެތަން މަރާމާތުކުރި އެވެ. އެންމެ ފަހުން މަރާމާތުކުރީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ.

މިފަހުން ރަސްމީ ފާލަން މަރާމާތުކޮށް ހުޅުވުމަށްފަހު ސަރުކާރުން ބުނީ ރަސްމީ ފާލަމަކީ، ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ފިކުރު ބިނާކުރުން ހިމެނޭ ގޮތަށް، މި ސަރުކާރުގެ ގައުމީ ތަރައްގީގެ ސިޔާސަތާ ގުޅިލާމެހޭ ގޮތަށް ފަރުމާކޮށްފައިވާ ފާލަމެއް ކަމަށެވެ.

މި ސަރުކާރުން ރަސްމީ ފާލަން މަރާމާތުކުރަން 11.7 މިލިއަން ރުފިޔާ ހަރަދު ކުރިއެވެ. ފާލަން ފަރުމާކުރުމުގައި ދިވެހި ސަގާފަތާއި، ދިވެހީންގެ އަމިއްލަވަންތަކަން ދައްކުވައިދިނުމަށް ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ދިވެހި ސަގާފަތާއި، ދިވެހީންގެ އަމިއްލަވަންތަކަން ދައްކުވައިދޭ ފާލަން އާންމުންނަށް ބަންދުކުރި ސީދާ ސަބަބެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

މިހާރު ރަސްމީ ފާލަމަށް އާއްމުން އެރުން އޮތީ މަނާ ކޮށް، ފާލަމުގެ އެތެރެއަށް ނުވަދެވޭ ގޮތަށް ވަނީ ބަންދުކޮށްފަ އެވެ. އަދި އެ ފާލަމުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް 24 ގަޑިއިރު އެމްޓީސީސީގެ މުވައްޒަފުން މިހާރު އަންނަނީ ކުރަމުންނެވެ.

ކޮމެންޓު
ކޮމެންޓްތައު
ކިނބޫ
May 9, 2025, 03:59 AM
އުނބުޓަރން?
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved