ބަނގުރަލާއެކު ހައްޔަރުކުރި އިންޑިއާ އަށް ނިސްބަތްވާ ދެ މީހުން / ޕޮލިސް
ހަބަރު
40 ފުޅީގައި ބަނގުރާ ހިފައިގެން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
09 މޭ 2025
މާލެ ސިޓީ

ހުޅުމާލެއިން ރޭ ފުލުހުން ބަލާފާސްކުރި ވޭނެއް ތެރެއިން 40 ފުޅި ބަނގުރާ ހޯދާ އިންޑިއާ އަށް ނިސްބަތްވާ ދެ ފިރިހެނުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހުޅުމާލެ 1 ގެ މިދިލި މަގުން ދުއްވާފައި ދިޔަ ވޭނެއް ހުއްޓުވައި ބަލައި ފާސްކުރިއިރު، ބަނގުރާކަމަށް ބެލެވޭ އެއްޗެެއް ހުރި 500 އެމްއެލްގެ 40 ފުޅި ފެނުނު ކަމަށެވެ.

ފުލުހުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބަނގުރާ އަޅާފައި ހުރީ ބޮނަކުއާ ފެން ހުސްކުރި ފުޅިތަކަކަށެވެ.

ދެ މީހުން ހައްޔަރު ކުރުމުގެ އިތުރުން އެމީހުން ތިބި ވޭން ޓޯކޮށް މައްސަލަަ ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved