ފިޒިއޯ ކްލިނުން ވަނީ އޮޓިސްޓިކު ކުއްޖަކަށް އަނިޔާކޮށްފައި / ތޭރަގްރެފިކްސް
ހަބަރު
އޯޓިސްޓިކު ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ބަލަން ފަށައިފި
Mariyam Isaadha
މަރިޔަމް އިސާދާ
11 މޭ 2025
މާލެ ސިޓީ

ފަރުވާ ހޯދަމުންދާ އޮޓިސްޓީކު ކުއްޖަކަށް އެ ކުއްޖާ ފަރުވާ ހޯދަމުންދާ މަރުކަޒުން އަނިޔާ ކުރި ކަމުގެ ތުހުމަތުގައި ފުލުހުން މައްސަލަ ބަލަން ފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ހާމަކުރި ގޮތުގައި، ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނަގަން ދިޔަ "ކުޑަކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާވެދާނެ ފަދަ ގޮތަކަށް" އަމަލު ކުރި މައްސަލައެއް ހުށަހެޅުމުން ބަލަމުންދާ ކަމަށެވެ. އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވެއެވެ.

ނަމަވެސް "ތޭރަ އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޯޓިޒަމް ހުންނަ ފިރިހެން ކުއްޖަކަށް އަނިޔާކޮށްފައިވަނީ އެ ކުއްޖާ ފަރުވާ ހޯދުމަށް ދާ ހުޅުމާޅޭގައި ހުންނަ ފިޒިއޯ ކްލިނިކުންނެވެ. އަދި އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯވެސް ސޯޝަލް މީޑިޔާގައި ދައުރުވަމުން ދާއިރު މަންޒަރު ފެންނަ ގޮތުގައި އެ ކުއްޖާއަށް އަނިޔާކުރަނީ ތަނުގެ އަންހެން މުވައްޒަފެކެވެ. އަނިޔާ ކުރީ ކަތުރަކުން ކަމަށް މަންޒަރުތަކުން ފެނެއެވެ. އަދި އެ ކުއްޖާ ކޮށްޕާ ފާރަށް ކުއްޖާ ލެނގޭ މަންޒަރު ވެސް ފެނެއެވެ. ކުއްޖާ ގައިގައި އެހެން މުވައްޒަފަކު ހިފަހައްޓާ އަނިޔާކުރަން ފުރުސަތު ހޯދައިދޭ މަންޒަރު ވެސް ފެނެއެވެ. އަދި ކުއްޖާއަށް ކަތުރުން އަނިޔާވެފައިވާ ފޮޓޯ ފަހުން ފެނެއެވެ.

މި ކަން މީސް މީޑިޔާގައި ހޫނުވުމުން ފިޒިއޯ ކްލިނިކުގެ ނަމުގައި އިިންސްޓަގްރާމުގައި ހިންގާ ޕޭޖަކުން ބުނެފައި ވަނީ އެ މައްސަލައިގައި ޝާމިލުވާ ތިން މުވައްޒަފަކު ވަގުތުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށް، ކްލާސް ރޫމުގައި ހުރި ސީސީޓީވީ ފުޓޭޖު ފުލުހުންނަށް ދީފައިވާ ކަމަށް އެ ކްލިނިކުން ބުންޏެވެ. އަދި އެފަދަ ބޮޑު ހާދިސާއެއް ދިމާވުމުން ވަގުތީ ގޮތުން ކްލިނިކް ބަންދު ކުރަން ނިންމާފައިވާ ކަމަށް ވެސް ފިޒިއޯ ކްލިނިކުން ބުނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ނުވަތަ ޚާއްސަ އެހީ ބޭނުންވާ ކުރިންނަށް މީގެ ކުރިންވެސް އެކުދިން ފަރުވާ ހޯދަން ނުވަތަ އުނގެނެން ދާ މަރުކަޒުތަކުން އަނިޔާއާ ގަނާ ވެސް ކުރިމަތިވެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved