ގެއްލިގެން ހޯދަމުން އަންނަ ހދ. ނޮޅިވަރަން ސުހާނީ، އާދަމް އިބްރާހިމް، 34-- / ޕޮލިސް
ހަބަރު
ދޯންޏަކުން ނަޑެއްލާއަށް ފޭބި ނޮޅިވަރަމް މީހަކު ގެއްލިއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
12 މޭ 2025
މާލެ ސިޓީ

ދޯންޏެއްގައި ގދ. ނަޑެއްލާއަށް ދިޔަ މީހަކު ނުފެނިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ހޯދަނީ ހދ. ނޮޅިވަރަމް، ސުހާނީ، އާދަމް އިބްރާހިމް، 34، ކަމަށެވެ.

އޭނަ އިއްޔެ އިއްޔެ މެންދުރު ފަހު 2:00 އެހާކަންހާއިރު ނަޑައްލާ އަށް ކައިރިކުރި "އިތުބާރު" ކިޔާ ދޯންޏަކުން އެ ރަށަށް ފޭބުމަށްފަ ހު އެނބުރި ދޯންޏަށް އައިސްފައި ނުވާތީ އާއި އެއްވެސް ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 10:25 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ މައުލޫމާތު ލިބުމާއެކު ރޭގެ ވަގުތެއްގައި ފުލުހުންގެ ޓީމެއް ނަޑެއްލާ އަށް ގޮސް، ރަށުތެރެ އާއި އެ ރަށް ކައިރީގައިވާ ފަޅު ރަށްތައް ބަލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މިއަދު ވެސް އާދަން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.

އާދަމް އިބްރާހިމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ރަތަފަންދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 7909311 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved