theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޕޮލިސް ހެޑް ކުއާޓަރ / ސޯޝަލް މީޑިއާ
ހަބަރު
ފިޒިއޯ ކުލިނިކްގައި ކުޑަކުއްޖަކަށް އަނިޔާކުރި ކަމުގެ މައްސަލާގައި ފުލުހުން ދެ މީހަކު ހައްޔަރުކޮށްފި
Mariyam Ibrahim
މަރިޔަމް އިބްރާހިމް
12 މޭ 2025
މާލެ ސިޓީ

ފިޒިއޯ ކުލިނިކްގައި ކުޑަކުއްޖަކަށް އަނިޔާކުރި ކަމުގެ މައްސަލާގައި ފުލުހުން ދެމީހަކު ހައްޔަރު ކޮށްފިއެވެ.

އެ ދެމީހުން ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމުގައި ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އިންޑިޔާގެ ދެ އަންހެނުން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. ކޯޓުންވަނީ އެ ދެމީހުންގެ ބަންދަށް 15 ދުވަސް އަމުރު ދީފައި ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

މި މައްސަލައާއި ގުޅޭ ގޮތުން ފިޒިއޯ ކްލިނިކުން ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ބުނެފައިވަނީ އެމައްސަލަ އެކްލިނިކުގެ ސަމާލުކަމަށް އައި ހިސާބުން ފިޔަވަޅު އެޅިކަމަށެވެ. އަދި އެ ދެ މުއައްޒަފުން ވަޒީފާއިން ވަކި ކޮށްފައި ވާކަމަށެވެ. އަދި މި މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި އެ ކްލިނިކުން ބަލާކަމަށެވެ.

މިމައްސަލައަކީ މިމަހު 5 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނެގުމަށްޓަކައި ދިޔަ އޯޓިސްޓިކު ކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާ ވެދާނެ ފަދަ ގޮތަކަށް އަމަލު ހުރުމުން ކޮށްފައިވާ ތުހުމަތެކެވެ.

މިމައްސަލާއާއި ގުޅުން ހުރި ސީސީޓީވީ ފުޓޭޖްތައްވެސް ކުލިނިކުންވަނީ ފުލުހުންނާއި ހަވާލުކޮށްފައި ކަމުގައި އެ ކްލިނިކުން ވަނީ ބުނެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved