March 19, 2026
Advertisement
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ / މިހާރު

މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު އޮޅުހިޔާގެ ބުޅަލަށް ވުރެ އިތުރު

Hussain Nawaf
ހުސައިން ނަވާފް
May 14, 2025, 08:27 PM

އޮޅުހިޔާގައި ބަލަހައްޓާ ބުޅަލަށް ވުރެ އެގްރިކަލްޗާ މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަކަން ހާމަވެއްޖެއެވެ.

Advertisement

މިކަން ހާމަވެފައިވަނީ މަޖިލީހުގައި އެގްރިކަލްޗާ މިނިސްޓަރު މަރްޔަމް މާރިޔާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

އެގޮތުން މި ވަގުތު ގެންގުޅެމުން ދަނީ 30 ބުޅާ ކަމާއި އެ މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދަކީ 48 ކަމަށް މާރިޔާވަނީ ވިދާޅުވެފައެވެ.

އޮޅު ހިޔާ ހިނގާނެ ހަރަދުގެ ތަފްސީލް ދެއްވަމުން މާރިޔާ ވިދާޅުވީ ރިކަރަންޓް ހަރަދުގެ ގޮތުގައި ނޫން ގޮތުން އެ ފެސިލިޓީ އެއްކޮށް ފުރިހަމަކުރަން ހިނގާ ހަރަދަށް ޖުމްލަ 1.2 މިލިއަން ރުފިޔާ ހަރަދުވާނޭ ކަމަށް މިހާތަނަށް އަންދާޒާ ކުރެވިފައިވާކަމަށް މައުލޫމާތު ދެއްވިއެވެ.

އޮޅުހިޔާގައި އެއް ފަހަރާ 2،000 ބުޅާ ބަލަހައްޓާ ނަމަ އެތަނަށް ހިނގަން ހިނގާނޭ ހަރަދުގެ ތަފްސީލް ދެއްވަމުން މިނިސްޓަރު ވިދާޅު ވީތަން ހިންގަން މަހަކު 700،000ރ. ހަރަދުވާނެ ކަމާއި،
ތިން މަހުން 3.4 މިލިއަން ރުފިޔާ ހަަރަދުވާ އިރު އެއީ ބުޅަލަކަށް މަހަކު 368ރ ކަމާއި އަހަރަކަށް 5،416ރ. ކަމަށް ޑރ މާރިޔާ ފާހަގަ ކުރެއްވިއެވެ.

އެގްރިކަލްޗާ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދު މިނިސްޓަރު ހާމަކުރި ނަމަވެސް ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ ޖުމުލަ އަދަދު ހާމަކުރަން ރައީސް އޮފީހުން ވަނީ ދެކޮޅު ހަދައިފައެވެ.

ކޮމެންޓު
ކޮމެންޓްތައު
ހަޖަމް
May 14, 2025, 08:40 PM
މިނިސްޓްރީ އަކީ އޮޅުހިޔާތަ
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved