March 18, 2026
Advertisement
ޑރ. ޖަމީލް
ޑރ. ޖަމީލް / ޝަފްރާޒް | ތޭރަ އިމޭޖްސް

ރައީސް މުއިއްޒަކީ ލީޑަރޝިޕްގެ ކަންފުޅެއްވެސް ނެތް، ލެއްގި ވެރިކަމަކާއި ޙަވާލުވި، ހުސް އުނބެއް: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Dec 27, 2024, 10:04 PM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ލީޑަރޝިޕްގެ ކަންފުޅެއްވެސް ނެތް، ލެއްގި ވެރިކަމަކާއި ޙަވާލުވި، ހުސް އުނބެއް ކަމަށް ރާއްޖޭގެ ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައި ވަީ ކެބިނެޓަށް ގެނައި ބަދަލުތަކަށް އިޝާރާތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅެވެއެވެ.

އެގޮތުން ރައީސް މުއިއްޒު ކުރައްވާ އެފަދަ ކޮންމެ ކަމަކުން ކޮންމެ ފަހަރަކު ރައީސް ސާބިތުވަނީ ގަވަރނަންސްގެ އިލްމެއް އަދި ވިސްނުމެއް ވެސް އެމަނިކުފާނުގެ ކިބައިގައި ނެތްކަން ކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ ސަރުކާރުގެ މެނިފެސްޓޯގެ އެންމެ މުހިއްމު ޕޮލިސީ އަކީ ހައުސިން ކަމަށްވީއިރު އަހަރެއްވީއިރުވެސް އެކަމަށް ހަދާނެ ގޮތެއް ރައީސް މުއިއްޒަށް އެނގިވަޑައިނުގެން އުޅުއްވާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

މީގެ އިތުރުން ކެބިނެޓަށް ގެނައި ޓެކްނޯކްރެޓުން މިހާރު އެ ވަޒީރުން މިވީ ނީލަން ފިހާރައިގެ ބާމު ދަލަށް ކަމަށާ މިނސިްޓަރު އަލީ ހައިދަރާ މިނިސްޓަރު މަރިޔަމް މާރިއާ ޓެކްސް ޕޭޔަރުންގެ ފައިސާއިން މުސާރަ ނަގަން ލަދު ގަންނަން ޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ. ސަބަބެއް ކަމަށް ޑރ ޖަމީލު ފާހަގަކުރައްވާފައިވަނީ، ދެ ބޭފުޅުންވެސް ކިޔެވި ދާއިރާއިން ބޭރުކޮށްލި ކޮށްލުމެވެ. އަދި މިހާރު އެ ދެބޭފުޅުންވެސް ވަޒީފާގައި ދެމި ތިބީ ރައީސް މުއިއްޒާ އޮތް ގާތްގުޅުމެއްގެ ސަބަބުން ކަމަށާ އެހެން ނޫންނަމަ ސިޔާސީ މަސައްކަތަށް މިސްކިތު ވަކަރަށްވެސް ކަމުނުދާކަން މިހާރު ސާބިތުވެއްޖެ ކަމަށްވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.

ޕޯސްޓު ނިންމަވާލައްވަމުން ޑރ ޖަމީލު ވިދާޅުވެފައިވަނީ ރައީސް މުއިއްޒަކީ ޖަޖްމަންޓް ސުމެއް، ލީޑަރޝިޕްގެ ކަންފުޅެއްވެސް ނެތް، ލެއްގި ވެރިކަމަކާއި ޙަވާލުވި، ހަމަ ހުސް އުނބެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved