ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ކެބިނެޓަށް ގެނައި ބަދަލުން ފެނިގެން ދިޔައީ ނޭދެވޭ ތަފާތު ކުރުމެއް ކަމަށް ކުރީގެ ވަޒީރު ކަމާ އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަން ވެސް ކުރައްވާފައިވާ އަނީސާ އަހުމަދު ވިފާޅުވެއްޖެއެވެ.
އަނީސާ މިފަދައިން ވިދާޅުވެފައިވަނީ، މިއަދު ހައުސިން މިނިސްޓްރީ އުވާލައްވާ އެ މިނިސްޓްރީގެ މިނިސްޓަރު ކަމުގައި ހުންނެވި ޑރ. އަލީ ހައިދަރު އަހްމަދު، ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް ހަމަޖައްސަވާ އެ މިނިސްޓްރީގެ މިނިސްޓަރު ކަމުގައި ހުންނެވި ޑރ. މަރިޔަމް މާރިޔާ، އެގްރިކަލްޗާ ފުޑް ސެކިއުރިޓީ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ކަމަށް ހަމަޖައްސަވާ ކެބިނެޓަށް މިއަދު ގެންނެވި ކުއްލި ބަދަލާމެދު ދައުލަތަށް ގެންނެވި ބަދަލަށް އިޝާރާތްކުރައްވާ އެކަމަނާގެ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
އަނީސާ ވިދާޅުވީ، ތައުލީމީ ދާއިރާ އިން މަތީ ތައުލީމާއި ގިނަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާ ބޭފުޅަކު މަތީ ތައުލީމާއި ބެހޭ ވުޒާރާ ހިންގަމުން ގެންދަވަނިކޮށް ކުއްލި ގޮތަކަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއަށް ބަދަލު ކުރައްވާ އެކަމަނާ ހިންގަވަމުން ގެންދެވި ވުޒާރާ އަށް އެހެން ވަޒީރަކު އައްޔަނު ކުރެއްބުމުން އެކަމަނާއަށް ކުޑަ ހައިރާން ކަމެއް ލިބިވަޑައިގެންނެވި ކަމަށެވެ.
އެގޮތުން ތައުލީމީ ދާއިރާ އިން މަތީ ތައުލީމާއި ގިނަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާ ބޭފުޅަކު މަތީ ތައުލީމާއި ބެހޭ ވުޒާރާ ހިންގަމުން ގެންދަވަނިކޮށް ކުއްލި ގޮތަކަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއަށް ބަދަލު ކުރައްވާ އެކަމަނާ ހިންގަވަމުން ގެންދެވި ވުޒާރާ އަށް އެހެން ވަޒީރަކު އައްޔަނު ކުރެއްބުމުން އެކަމަނާއަށް ކުޑަ ހައިރާން ކަމެއް ލިބިވަޑައިގެންނެވި ކަމަށެވެ.
ނަމަވެސް އެކަމާމެދު ވިސްނާލެއްވުމުން އެ ބަދަލުގެ ސަބަބު ހިތަށް ގެންނެވުނު ކަމަށް ވިދާޅުވިއެވެ.
އެގޮތުން އަނީސާ ވިދާޅުވީ އެހެން އެކަން ރައީސް މުއިއްޒު ކުރެއްވީ، ގެދޮރުވެރިކަމާއި ބިމާބެހޭ ވުޒާރާއާ އިމާރާތްކުރުުމާއި ބިނާރާ ބެހޭ ވުޒާރާއެއްކޮށްލުމުން ފޯޓުފޯލިއޯ ނެތިގެން ދިޔައީ ފިރިހެން ވަޒީރަކަށް ކަމަށްވެފައި ހުސްކޮށް ހުރީ ދިރޭތަކެއްޗާއި ބެހޭ ވުޒާރާ ކަމުން އެ ޕޯޓުފޯލިއޯ ފިރިހެނަކާ ހަވާލުކޮށްފިނަމަ ފިރިހެނެއްގެ ދަރަޖައާއި ކަރާމާތަށް އުނިކަމެއް އަތުވެދާނެތީ ކަމަށެވެ.
އެހެންކަމުން، ރައީސް މުއިއްޒު އަޑަށް ބާރުލައްވާފައި އަންހެނުން ބާރުވެރިކުރުވާ ވާހަކަ ތާއަބަދު އެންމެން ވެގެން ދެއްކި ނަމަވެސް ނަތީޖާ ނެރެވޭނީ އަމަލީ ގޮތުން ކަންތައްތަކެއް ކޮށްގެން ކަން ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަށް ވިދާޅުވެ އަނީސާ އިތުރަށް ވިދާޅުވީ މިއަދުގެ ބަދަލަކީ ވަރަށް ނޭދެވޭ ތަފާތު ކުރުމެއް ކަމަށާ އެހެން ބަޔަކަށް އެގޮތަށް ތަރުޖަމާ ނުކުރެވުނު ނަމަވެސް އެކަމަނާގެ ވިސްނުންފުޅަކީ އެއީ ކަމަށެވެ.
އަނީސާގެ މި ޚިޔާލަށް ދައުލަތުގެ ކުރީގެ ބަންޑާރަ ނާއިބުކަމާ ރައީސް އޮފީހުގެ މިނިސްޓަރުކަންވެސް ކުރައްވާފައިވާ އައިޝަތު އާޒިމާ ޝަކޫރު ވަނީ ތާއީދު ކުރައްވާފައެވެ.