theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ގއ. ގެމނަފުށީ ޕޮލިސް ސްޓޭޝަން / ސޯޝަލް މީޑިއާ
ހަބަރު
ގެމަނަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފި
Mariyam Ibrahim
މަރިޔަމް އިބްރާހިމް
15 މޭ 2025
މާލެ ސިޓީ

ގއ. ގެމަނަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުންވަނީ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނިގޮތުގައި ފުލުހުންގެ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ، ގެމަނަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މި މެއި މަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކޮއްފައި ވަނީ ގއ. ގެމަނަފުށި / ބަނަފުސާގެ، 45އަހަރުގެ ޙަސަން ޝުޖާއު އެވެ.

އޭނާ ދުއްވި ލޯންޗު ގެމަނަފުށި ބަނދަރާ ގާތްކުރުމުން އެ ލޯންޗު ބަލައި ފާސްކުރިއިރު ލޯންޗުގައިހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ރަބަރު ޕެކެޓުތަކެއް ފެނިފައިވާ ކަމަށާއި މިވަގުތު ތަކެތީގެ ވަގުތީ ބަރުދަނަކީ 28 ގުރާމު ކަމުގައި ފުލުހުން މައުލޫމާތު ދީފައި ވެ އެވެ

މި މައްސަލަ އާއި ގުޅިގެން ކޯޓުން ވަނީ މީނާގެ ބަންދަށް 10 ދުވަސް ޖަހާފަ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ބަލާ ތަހުގީގު ކުރަމުން ނެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved