

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެމީހުން ހައްޔަރު ކުރީ، މަސްތުވާތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކޮށް، ބޭނުންކުރާކަމަށް ތުހުމަތުކުރެވޭތީ ކަމުގައި ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި ހައްޔަރު ކޮށްފައިވަނީ މއ. ދަގަނޑުކެޑިގެ އުމުރުން 44 އަހަރުގެ ޙަސަން ނިމާލު އާއި ހ. ރީފްވިޔު ހުޅަނގުބައި 3، އުމުރުން 38 އަހަރުގެ ޝިފާނާ ޢަބްދުއްސައްތާރު އެވެ. އަދި އެމީހުން އަތުން އަތުލައި ގަނެވުނު ތަކެތީގައި ކިލޮއަކަށް ވުރެ ގިނަ މަސްތުވާ ތަކެތި ހުންނާ ނެކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފަ އެވެ.
މި އޮޕަރޭޝަން ހިންގައިފައި ވަނީ މެއި މަހުގެ 17 ވަނަ ދުވަހު ގައި ކަމަށާއި، އަދި މި އޮޕަރޭޝަނުގައި މައްޗަންގޮޅި ގެއަކާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.
އަދި މި އޮޕަރޭޝަން ގެ ތެރެއިން، މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 7000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި މަސްތުވާތަކެތި ކަމަަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.
މިމައްސަލަ ފުލުހުން ގެން ދަނީ އިތުރަށް ތަހުޤީގު ކުރަމުން ނެވެ.