ޓެލެގްރާމް / ސޯޝަލް މީޑިއާ
ހަބަރު
ޓެލެގްރާމް މެދުވެރިކޮށް ސްކޭމްތަކެއް ހިންގަނީ
Mariyam Ibrahim
މަރިޔަމް އިބްރާހިމް
19 މޭ 2025
މާލެ ސިޓީ

ޓެލެގްރާމް މެދިވެރިކޮށް ސްކޭމްތަކެއް ފަށައިފައި ވާކަމަށް ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުންވަނީ ހާމަކޮށްފަ އެވެ.

ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާމުންނަށް އަންގާފައިވަނީ ސްކޭމަރުން ޔޫސަރުންގެ އެކައުންޓްތައް ކޮމްޕްރޮމައިޒްކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ސްކޭމަރުން މިހާރު ބޭނުން ކުރަމުންދާ އާ އުކުޅަކީ، ތިބޭފުޅާގެ ފޮޓޯތަކެއް ވެބްސައިޓެއްގައި އެބަހުރި، ކަމަށް ބުނެ ލިންކު ތަކެއް ފޮނުވަނީ ކަމުގައި ބުނެފައި ވެއެވެ. ހަމަ އެޔާއި އެކު މިލިންކު ތައް ބޭނުން ކޮށްގެން ވެރިފިކޭޝަން ކޯޑު ހޯދުމަށް މަސައްކަތް ކުރާކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

މިފަދަ ސްކޭމް ތަކުން ރައްކާތެރި ވުމަށް ޓަކައި އެއްވެސް ލިންކް އަކަށް ނުވަނުމަށާއި ވެރިފިކޭޝަން ކޯޑްތައް އެއްވެސް ފަރާތަކަށް ހިއްސާ ނުކުރުމަށް އެންޓި ސްކޭމް ސެންޓަރުން އިރުޝާދު ދީފައި ވެއެވެ.

މި ސްކޭމްގެ ޝިކާރައަކަށް ވެއްޖެ ނަމަ އީމެއިލް އަދި ގުޅުންހުރި އެކައުންޓް ތަކުގެ ޕާސްވޯޑް ބަދަލުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށްވެސް ވަނީ ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved