March 19, 2026
Advertisement
ކޮވިޑް ވެކްސިން ދެނީ
ކޮވިޑް ވެކްސިން ދެނީ / ހެލްތު މިނިސްޓްރީ

ރާއްޖޭގައި ކޮވިޑު19 ފެތުރެނީ، ސަމާލުވާން ބުނެފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
May 22, 2025, 11:45 PM
މާލެ ސިޓީ

ރާއްޖޭގައި ވެސް ކޮވިޑު19 ކޭސްތައް މި ފަހުން އިތުރުވެފައިވާ ކަން ފާހަގަވެފައިވާ ކަމަށާއި، އެހެންވެ ސަމާލުވާން އެދޭކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފި އެވެ.

Advertisement

އެޗްޕީއޭއިން މިއަދު ބުނީ، ކޮވިޑް ރޯގާގެ ކޭސްތައް ރިޕޯޓު ކުރެވުނު މިންވަރު މި ފަހުން އިތުރުވެފައިވާ ކަމަށެވެ.

އަދި، މި ދުވަސްވަރު އާންމުކޮށް ފެތުރޭ ވައިރަލް ރޯގާއާއި ޑެންގޫ އަދި އިންފްލޫއެންޒާގެ ކޭސްތައް ވެސް ގިނަ އަދަދަކަށް ރިޕޯޓުކުރެވުމުންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ބަލިތަކުގެ ހާލަތު ވަރަށް ގާތުން މޮނިޓާކޮށް، އިތުރު ތަފްސީލް ހާމަކުރަމުން ގެންދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިތުރުވެފައިވާ ކަމަށް މި ބުނީ ތައިލެންޑާއި ސިންގަޕޫރާއި ކައިރި ބައެއް ގައުމުތަކުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ ކަން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އެގޮތުން ތައިލޭންޑުގައި، މިދިޔަ ހަފުތާ ތެރޭ 50،000 އެއްހައި ކޮވިޑު ކޭސް މިދިޔަ ހަފުތާގައި އެކަނި ވެސް ރެކޯޑުކޮށްފައިވެއެވެ. އަދި މި އައުޓްބްރޭކް ކުރިއަށް އޮތް ދެ ތިން މަހަށް ދިގު ދެމިގެން ދާނެކަމަސް ލަފާކުރެވޭ ކަމަށް އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ޑިޒީސް ކޮންޓްރޯލުން ބުނެއެވެ.

ކޮވިޑު ކޭސްތައް ކުއްލިއަކަށް އިތުރުވި ނަމަވެސް އެހެނިހެން ރޯގާތައް ރިޕޯޓުކުރާ އަދަދު ހުރީ އެއް ހަމައެއްގައި ކަމަށް ތައިލޭންޑުން ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved