theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މާރުކޭޓުގެ ގޮޅިއެއް ހުސްކޮށްފައި / ތޭރަ އޮންލައިން
ހަބަރު
މާރުކޭޓުގެ ގޮޅިތައް ވިޔަފާރި ނުވުމުގެ ސަބަބުން ބަންދު ކުރަނީ
Hussain Nawaf
ހުސައިން ނަވާފް
24 މޭ 2025

މާރުކޭޓުގެ ގޮޅިތައް ވިޔަފާރި ނުވުމުގެ ސަބަބުން ބަންދު ކުރަން ފަށައިފިއެވެ.

މާރުކޭޓުގައި ވިއްކާ ކެއިން ބުއިމަށް ބޭނުން ކުރާ ބާވަތްތަކުގެ އަގުތައް އުފުލި ގިނަ ދަތިތަކަކާއި ކުރިމަތި ލަމުން ދާ ކަމަށް ގޮޅިތަކުގައި ވިޔަފާރި ކުރަމުންދާ މީހުންދަނީ ބުނަމުންނެވެ.

އެގޮތުން ތަފާތު ބާވަތްތަކުގެ ކާނާ އިމްޕޯޓު ކުރުމުގައި ދަތިތަކެއް ހުރި ކަމާއި ބޭނުންވާ އަގުތަކުގައި މިއަދު މޭވާ އާއި ތަރުކާރީ ނުލިބޭކަމަށް މައުލޫމާތުވަނީ ލިބިފައެވެ.

އެގޮތުން މިއަދު މާރުކޭޓުތަކުގައި އާއި ކައިރި ފިހާރަތަކުގައި މޭވާ އާއި ތަރުކާރީގެ އަގު ހުންނަނީ ދާދި އެއްވަރަށްކަމަށެވެ.

އަދި އޭގެ ސަބަބުން ރައްޔިތުންދަނީ ފަސޭހައަށްޓަކައި ގެ ކައިރި ފިހާރަތަކަށް ކަމާއި އެފަދަ ކަންކަމުގެ ސަބަބުން ވިޔަފާރި ވަރަށް ބޮޑަށް ދަށްވާ ކަމަށް މައުލޫމާތުވަނީ ލިބިފައެވެ.

މީގެ އިތުރުން މުސާރަ އާއި މާރުކޭޓު ގޮޅީގެ ކުލިފަދަ ހިންގުމުގެ ހަރަދުތަކާއި ކަރަންޓު ބިލުފަދަ ހަރަދުތައްދަނީ ދުވަހެއް ދުވަހަށް އިތުރުވަމުން ކަމާއި އޭގެ ސަބަބުން މާރުކޭޓު ވިޔަފާރިވެރިންނަށް އެކި ވަރުގެ ގެއްލުން ލިބެމުންދާކަމަށް ވިޔަފާރިވެރިން މައުލޫމާތު ދެއެވެ.

އެގޮތުން މިއަދު ވިޔަފާރި ނެތުމުގެ ސަބަބުން ގޮޅިތައްދަނީ ބަންދު ކުރަމުންނެވެ.

ކޮމެންޓު
ކޮމެންޓްތައް
ކަނުމީހާ
27 މޭ 2025, 10:40
ރައްޔަތުން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާ މުއިޒު ފޮށިފޮށްޓަށް އަޅާ ފޮރުވާތީ ރައްޔަތުން އެދަނީ ހާލުގަޖެހެމުން.
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved