April 17, 2026
Advertisement
ޔޫރަޕްގެ، މުސްލިމް ގައުމުތަކުގެ ބައްދަލުވުން
ޔޫރަޕްގެ، މުސްލިމް ގައުމުތަކުގެ ބައްދަލުވުން / ސޯޝަލް މީޑިއާ

ޣައްޒާގައި ހިނގަމުންދާ ގަތުލުއާންމު ހުއްޓުވުމުގެ މަޝްވަރާތައް ޔޫރަޕްގެ މުސްލިމް ގައުމުތަކުންކޮށްފި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
May 26, 2025, 10:51 PM
މާލެ ސިޓީ

ފަލަސްޠީނާ ބެހޭ ބައްދަލުވުމެއް ސްޕެއިންގެ ވެރިރަށް މެޑްރިޑްގައި ޔޫރަޕުގެ އަދި އަރަބި ޤައުމުތައް ބައިވެރިވެގެން ބާއްވައިފިއެވެ.

Advertisement

މި ބައްދަލުވުމަކީ ސަހްޔޫނީން ޣައްޒާގައި ކުރިއަށް ގެންދާ ހަނގުރާމަ ހުއްޓުވުމަށް އަދި ދެ ދައުލަތުގެ ހައްލަކަށް ދިއުމަށް ބާރު އެޅުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ.

ސްޕެއިންގެ ފޮރިން މިނިސްޓަރު ޖޯސޭ މެނުއެލް އަލްބާރެސް ވިދާޅުވީ މި ބައްދަލުވުމުގެ މަޤްޞަދަކީ ސަހްޔޫނީން ޣައްޒާގައި ކުރިއަށް ގެންދާ އަނިޔާވެރި އަދި ލާއިންސާނީ ހަނގުރާމަ ހުއްޓުވުމާއި، އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ހިސާރު ނިމުމަކަށް ގެނައުމާއި، ދެ ދައުލަތުގެ ހައްލަކަށް ދިއުން ކަމުގައެވެ.

ޣައްޒާއަށް ނިސްބަތްކޮށް ސްޕެއިންގެ ފޮރިން މިނިސްޓަރު ވިދާޅުވީ އެއީ އިންސާނިއްޔަތުގެ ހުޅުވިފައިވާ ޒަޚަމެއް ކަމަށާއި، މި ކަމާ މެދު އަޑުއުފުލާ ނުލުމަކީ މި މަރުގެ އަނިޔާގެ ބައިވެރިއަކަށް ވުން ކަމަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވި މިއީ ދެ ދައުލަތުގެ ހައްލަށް ތާއީދުކުރާ ޔޫރަޕުގެ އަދި އަރަބި ޤައުމުތަކެކެވެ. އޭގައި ހިމެނޭ 20 ޤައުމުގެ ތެރޭގައި ހިމެނެނީ މެޑްރިޑް ގްރޫޕް ގެ މެންބަރު ޤައުމުތަކެވެ.

ސަހްޔޫނީން ޣައްޒާގައި ކުރިއަށް ގެންދާ ހަނގުރާމަ ހުއްޓާނުލައިފިނަމަ، ޔޫރަޕިއަން ޔޫނިއަނާއި ސަހްޔޫނީންނާ ދެމެދު އޮތް އެއްބަސްވުން ހުއްޓާލުމަށް އަލްބާރެސް ވަނީ ގޮވާލައިފައެވެ.

ފަލަސްޠީނުގެ ބޮޑުވަޒީރު މުޙައްމަދު މުޞްޠަފާ ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިއުޔޯކު ބައްދަލުވުމުގައި ބައިވެރިވުމަށް އުންމީދުކުރައްވާ ކަމުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved