ޕޮލިސް މައި އޮފީސް އިމާރާތް / ޕޮލިސް
ހަބަރު
ޕޮލިސް ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
27 މޭ 2025
މާލެ ސިޓީ

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލާން ހޯމްލޭންޑު ސެކިޔުރިޓީ މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މަގާމަށް ބޭފުޅަކު ހޯދުމަށް ހޯމް މިނިސްޓްރީ އިން ކޮށްފައިވާ އެތެރޭގެ އިއުލާނުގައިވާ ގޮތުން މަގާމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އަންނަ މަހުގެ 2ގެ ނިޔަލަށް އޮންނާނެ އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެވޭނީ އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކުން މަތީގެ އޮފިސަރުންނަށެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އަލީ ޝުޖާއު މިދިޔަ މަހުގެ 26 ގައި މަގާމުން އިސްތިއުފާ ދެއްވައި އަދި ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

އޭނާ އިސްތިއުފާ ދެއްވީ މާލޭގެ އިމާރާތެއް މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގެ ތަހުގީގާ ގުޅިގެން ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

ޕޮލިސް ކޮމިޝަނަރު ކަމަށް ބޭފުޅަކު ކަނޑައަޅަނީ އެ މަގާމަށް ކުރިމަތިލާ މީހުންގެ ފެންވަރު ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް ނުވަތަ އިންޓަވިއު ކުރުމަށް ފަހު، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސް އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved