ޕޮލިސް ހެޑްކުއާޓާ / ސޯޝަލް މީޑިއާ
ހަބަރު
ފިރިހެނަކު މޫނުބުރުގާ އަޅައިގެން ފިހާރައަކުން ވައްކަން ކޮށްފި
Mariyam Ibrahim
މަރިޔަމް އިބްރާހިމް
28 މޭ 2025
މާލެ ސިޓީ

މާލޭގެ ފިހާރައަކަށް މޫނުބުރުގާ އަޅައިގެން ވަދެ އަގުބޮޑު ގަޑިއެއް ވަގަށް ނެގި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ހައްޔަރު ކޮށްފައި ވަނީ ސ. ހުޅުދޫ/ އަބުލައީގެ، އުމުރުން 47 އަހަރުގެ މުހައްމަދު ސިމާދުއެވެ.

އޭނާ ނަގައިފައިވަނީ 67،500 ރުފިޔާގެ އޮމެގާ ބްރޭންޑު ގަޑިއެކެވެ. ގަޑި ވަގަށް ނަގާފައިވަނީ ތިން މީހަކާ ގުޅިގެން ރާވައިގެން ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އޭނާގެ ބަންދާއި މެދު ގޮތެއްނިންމުމަށްޓަކައި އޭނާ ވަނީ ކްރިމިލް ކޯޓަށް ހާޒިރު ކޮށްފައެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައި ކަމަށާއި، އޭނާގެ ބަންދު މުއްދަތު ޖެހުމަށް ކުރިމިނަލް ކޯޓުން ނިންމީ ފުލުހުން އޭނާއަށް ތުހުމަތުކުރާ ކުށް އޭނާ ކުރި ކަމަށް ތުހުމަތުކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވާތީ އެވެ

ފުލުހުންގެ ބަޔާންތަކުން އެނގޭ ގޮތުގައި ތުހުމަތުކުރެވޭ ފަރާތަކުން ވައްކަން ކުރީ އަންހެން ހެދުން އަޅައި ސިފަ ނޭނގޭ ގޮތަށް މޫނު ބުރުގާ އަޅައިގެން އެވެ. އަދި އޭނާ ވަގަށް ނެގި ގަޑި އަދިވެސް ނުފެންނަ ކަމަށާއި އެ ގަޑި އެހެން މީހަކަށް ވިއްކާލާފައިވާ ކަމަށް ބެލެވޭ ކަމަށް ފުލުހުންނާ ހަވާލާދީ ބަންދު އަމުރުގައި ބުންޏެވެ.

ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ތުހުމަތުކުރެވޭ ފަރާތަކީ ފާއިތުވެދިޔަ އަހަރެއްހާ ދުވަސް ތެރޭގައި ޖިނާއީ ކުށްތަކުގެ ގިނަ އަދަދެއްގެ ރިކޯޑް އޮންނަ މީހެކެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި ވިއްކުމާއި މަސްތުވާތަކެތި ގަތުން އަދި ބޭނުންކުރުމުގެ އިތުރުން ކައުންޓާފީޓް ފައިސާ ގެންގުޅުމުގެ މައްސަލަތަކާއި ސައިކަލުތައް ވަގަށް ނަގާ މައްސަލަތަކުގެ ރިކޯޑުތައްވެސް ހިމެނެ އެވެ.

މީގެ ކުރިންވެސް އޭނާ އަކީ އަންހެން ހެދުން އަޅައިގެން ސިފަ ބަދަލުކޮށްގެން ވައްކަން ކުރުމުގައި ބައިވެރިވާ މީހެއް ކަމަށްވެސް ބަންދު އަމުރުގައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved