ތ. ކަނޑޫދޫ ސްކޫލް / ސޯޝަލް މީޑިއާ
ހަބަރު
ދަރިވަރެއްގެ އިނގިލި ބިންދާލައި އަނިޔާ ކުރި ޓީޗަރު ހައްޔަރުކޮށްފި
Hussain Nawaf
ހުސައިން ނަވާފް
28 މޭ 2025

ތ.ކަނޑޫދޫ ސްކޫލުގައި ދަރިވަރެއްގެ އިނގިލި ބިންދާލައި އަނިޔާ ކުރި ޓީޗަރު ހައްޔަރުކޮށްފިއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ މިމަހުގެ 26 ވަނަ ދުވަހުގެ ހެނދުނުއެވެ.

އެދުވަހު ފުލުހުން ބުނީ، ބިދޭސީ ޓީޗަރު ވަނީ ދަރިވަރުގެ އިނގިލީގައި ހިފައި އަނބުރާލައި ހުޅުން ނައްޓާލައިފައިކަމަށެވެ. އެދަރިވަރަށް ތ.ވޭމަންޑޫ ސިއްހީ މަރުކަޒުގައި ފަރުވާދީފައިވާކަމަށް އެދުވަހު ފުލުހުންވަނީ އިތުރަށް ހާމަކޮށްފައެވެ.

އެ މައްސަލާގައި ތުހުމަތު ކުރެވޭ ޓީޗަރު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ އިންޑިއާ ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ އާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ހޯދާލަން ގުޅިނަމަވެސް ފޯނު ނުނެގުމުގެ ސަބަބުން އެ ކަން ވަނީ ނުވެފައެވެ.

ނަމަވެސް މި މައްސަލަ އާއި ގުޅިގެން އެއީ ދަރިވަރު ޓީޗަރު ގައިގައި އިސްވެ ޖެހުމުން ހިނގި ހާދިސާއެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި ހަވާލީ ދީ މިހާރު ނުހުން ރިޕޯޓު ކުރިކަން ފާހަގަ ކުރެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved