ދިވެހި ދަރިވަރުގެ އިނގިލި ބިންދާލި އިންޑިއާ ޓީޗަރު / ސޯޝަލް މީޑިއާ
ހަބަރު
ދަރިވަރުގެ އިނގިލި ބިންދާލި ޓީޗަރު ބަންދުން ދޫކޮށްލައިފި
Mariyam Isaadha
މަރިޔަމް އިސާދާ
28 މޭ 2025
މާލެ ސިޓީ

ތ. ކަނޑޫދޫ ސުކޫލުގައި ކިޔަވާ 11 އަހަރުގެ ދަރިވަރެއްގެ އިނގިއްޔެެއް ބިންދާލިކަމުގެ ތުހުމަތު ކުރެވޭ ބިދޭސީ ޓީޗަރު ބަންދުން ދޫކޮށްލައިފިއެވެ.

ކަނޑޫދޫ ސްކޫލުގައި ކިޔަވާ އެ ދަރިވަރުގެ އިނގިލި އިންޑިއާއަށް ނިސްބަތްވާ އެ ޓީޗަރު ބިންދާލީ މިދިޔަ ހޯމަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ. އަދި އިނގިލި ބިންދާލުމަށް ފަހު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމުގެ ބަދަލުގައި ކުއްޖާގެ އިނގިލި ހުޅުން ނެއްޓިފައި ހުއްޓާ ހުޅު އެޅުވީ ވެސް ބިދޭސީ ޓީޗަރު އަމިއްލައަށެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ މިމަހުގެ 26 ވަނަ ދުވަހުގެ ހެނދުނު ރިޕޯޓުކޮށްފައިވާއިރު ޓީޗަރު ބަންދުކުރީ މެއި މަހުގެ 27 ވަނަ ދުވަހުގެ ހެނދުނުއެވެ. އެއަށް ފަހު އޭނާގެ ބަޔާން ނެގުމަށްފަހު މިހާރު ދޫކޮށްލައިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މައްސަލަ އަދިވެސް ތަހުގީގުކުރަމުން ގެންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ އާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ހޯދާލަން ގުޅިނަމަވެސް ފޯނު ނުނެގުމުގެ ސަބަބުން އެ ކަން ވަނީ ނުވެފައެވެ.

ނަމަވެސް މި މައްސަލަ އާއި ގުޅިގެން އެއީ ދަރިވަރު ޓީޗަރު ގައިގައި އިސްވެ ޖެހުމުން ހިނގި ހާދިސާއެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި ހަވާލީ ދީ "މިހާރު" ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved