

ސަރުކާރު ސްކޫލެއްގައި ކިޔަވަމުންދާ ދިވެހި ދަރިވަރެއްގެ އިނގިލި އެ ދަރިވަރަށް ކިޔަވައި ދެމުން ދިޔަ އިންޑިއާ ޓީޗަރަކު ބިންދާލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ބިދޭސީ ޓިޗަރެއްގެ ފަރާތުން އަނިޔާ ލިބިފައިވަނީ ތ. އަތޮޅު ކަނޑޫދޫ ސްކޫލުގައި ކިޔަވަމުން ދިޔަ ދަރިވަރަކަށެވެ. އެގޮތުން އެ ސްކޫލުގައި ކިޔަވަމުން ދާ އުމުރުން 11 އަހަރުގެ ދިވެހި ފިރިހެން ދަރިވަރެއްހެ އިނގިއްޔެއް އެ ސްކޫލުގެ ބިދޭސީ ޓީޗަރަކު ވަނީ ހިފާ ބިންދާލާފައެވެ. އެގޮތުން ޓީޗަރު ވަނީ އިނގިލީގައި ހިފާ އަނބުރާލާ އިނގިލީގެ ހުޅުން ނައްޓާލާފައެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ އެ މައްސަލަ މިއަދުގެ ހެނދުނު 10:55 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަނިޔާވި ދަރިވަރަށް ތ. ވޭމަންޑޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ގެންދާ ކަމަށާ މައްސަލައިގައި ފުލުހުން އަދި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް ފުލުހުން މައްސަލަ ތަހުގީގުކުރަމުން ގެންދާ ކަމަށް ބުނެފައިވެއެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއިން އަދި ސްކޫލުން އެޅި ފިޔަވަޅެއް އަދި ސާފުވާ ގޮތް ވަނީ ނުވެފައެވެ.