April 24, 2026
Advertisement
ޕީއެންފް ގެ ފަރާތުން މަޖިލާހަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަންއާއި ހުށައެޅުން
ޕީއެންފް ގެ ފަރާތުން މަޖިލާހަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަންއާއި ހުށައެޅުން / މިސްބާހް | ތޭރަ އިމޭޖްސް

ހުއްޓުމެއްނެތި ވައުދުވަމުން ގެންދަވާތީ މަލީހްގެ ފާޑުކިޔުން ރައީސް މުއިއްޒަށް!

Aishath Naja
އައިޝަތު ނަޖާ
Feb 20, 2024, 06:04 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ނިމިދިޔަ ރިޔާސީ އިންތިޚާބްގައި ވައުދުވެވަޑައިގެންނެވި ފަދައިން ވައުދުތައް ވަމުން ގެންދަވާތީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕާޓީގައި އިސްކޮށް އުޅުއްވާ މުހައްމަދު މަލީހް ޖަމާލް ފާޑުކިޔުން އަމާޒުކުރައްވައިފިއެވެ.

Advertisement

މަލީހް މިފަދައިން ވިދާޅުވެފައިވަނީ އޭނާގެ އެކްސް ހޭންޑްލްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގެން އެ ތަނުގައި 4 އަހަރު ތެރޭ ބްރިޖް އަޅުއްވާ ދެއްވާނެކަމަށް ވިދާޅުވުމުން މަލީހް ވަނީ ބްރިޖް އެޅުން ރަނގަޅު ކަމަށް ފާހަގަކުރައްވާފައެވެ. ނަމަވެސް މަސްވެރިންނަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ހުރުމުން ފުރަތަމަކަމަކަށް އެކަން ކޮށްދެއްވުމަށް މަލީހް ވަނީ ރައީސް މުއިއްޒަށް ގޮވާލާފައެވެ.

މަލީހް އިތުރަށް ވިދާޅުވީ މަސްވެރިންނަށް މަސް ކިރުމަށްފަހު ދޭން ޖެހޭ ފައިސާގެ އެއްބައި ދައްކާ، އަނެއް ބައި ނުދެއްކުމުން ސާބިތުވެގެން ދަނީ ސަރުކާރަށް މެނޭޖް ނުކުރެވުނު ކަން ކަމަށެވެ.

ރައީސް މުއިއްޒު އައްޑޫ ސިޓީ ބްރިޖް އަޅަން ހަވާލްކުރެވުނު ކުންފުނީގެ ނަން ފާހަގަކުރެއްވުމުން މަލީހް ވަނީ ސޯމާލިޔާ ކުންފުންޏަކާ ހަވާލް ނުކުރުން އެއީ ނަސީބެއް ކަމަށްވެސް ވިދާޅުވެފައެވެ.

މަޖިލިސް އިންތިޚާބާ ދިމާކޮށް ރައީސް މުއިއްޒު ރާއްޖޭގެ ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުން އަނެއްކާވެސް މަތި މައްޗައް ވައުދުވަމުން ގެންދަވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved