ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގުކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން -- / ރައީސް އޮފިސް
ހަބަރު
ޔުމްނު ވެއްޓުން: ހާދިސާގެ އިންކުއަރީ ރިޕޯޓު ދެ ހަފުތާ ތެރޭ ނިންމަނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
01 ޖޫން 2025
މާލެ ސިޓީ

މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހަގީގަތް ހޯދަން އެކުލަވައިލި ރިޔާސި ކޮމިޝަނުގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

މުނައްވަރު ރިޔާސަތު ބަލަހައްޓަވާ ރިޔާސީ ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކޮމިޝަނުގެ މަސައްކަތް ނިމެން ގާތްވެފައިވާ ކަމަށާއި ކޮމިޝަނުގެ ތަހުގީގު ރިޕޯޓު ގާތްގަނޑަކަށް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރައީސް މުހައްމަދު މުއިއްޒާ ހަވާލު ކުރާނެ ކަމަށެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ހަގީގަތް ހޯދަން އުފެއްދި ކޮމިޝަންގެ މެންބަރުންނަކީ މުނައްވަރުގެ އިތުރުން ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި މޫސާ މުރާދާއި ޖަބީން މުހައްމަދާއި އައިމިނަތު އީނާސް އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މި ހާއްސަ ކޮމިޝަން އުފެއްދެވީ އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށެވެ. މި ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައެޅުއްވުމާ ހަމަޔަށް ކޮމިޝަން ދެމިއޮންނާނެ ކަމަށް ރައީސްގެ ގަރާރުގައި ވެއެވެ.

ޔުމްނު ވެއްޓުނުތާ އެތައް އިރެއް ފަހުން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު އޭޕްރީލް މަހުގެ ފަހުކޮޅު ވަނީ އިތުރު ފަރުވާއަށް މެލޭޝިޔާއަށް ގެންގޮސްފަ އެވެ.

ޔުމްނު ވެއްޓުނު ރޭ އެންމެ ފަހުން އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް، 21، ހައްޔަރު ކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ. އޭނާ ހައްޔަރު ކުރުމުގެ ކުރިން ފުލުހުން ބުނީ ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށެވެ. އެކަމަކު އޭނާ ހައްޔަރު ކުރުމަށްފަހު ފުލުހުން ބުނީ، ޔުމްނު ވެއްޓުނުކަން ރައުދަށް އެނގޭ ކަމަށާއި އެ ރޭ އޭނާއާ ޔުމްނުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށެވެ.

ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް އުފެއްދީ އޭނާއަށް އިންސާފު ހޯދައިދިނުމަށް އެދި މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ފަށައި، އެ މައްސަލައިގައި މިނިވަން އިންކުއަރީއެއް ހިންގުމަށް މުޒާހަރާ ކުރަމުންދާ ޒުވާނުން ގޮވައިލުމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved