theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަނީ / ޕޮލިސް
ހަބަރު
ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ވރަށް ބޮޑަށް ޒަހަމްކޮށްލައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
02 ޖޫން 2025
މާލެ ސިޓީ

މާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ރޭ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

މި މާރާމާރީ ހިންގާފައިވަނީ ޝަހީދު ކުޑަނެވި ތުއްތުމަނިކު ހިނގުމުގައި ރޭ 3:10 ހާއިރު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާރާމާރީ ހިނގީ ދިވެހިންތަކަކާ ބިދޭސީންތަކެއް މެދުގައެވެ.

އަނިޔާވީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ފިރިހެނެކެވެ.

ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން ދާކަމަށެެވެ.

ރޭ މާލޭގައި މާރާމާރީއެއް ހިންގާ ބިދޭސީއަކު ޒަހަމްކޮށްލައިފާ މިވަނީ އިއްޔެ މުޅި މާލެއިންނާއި ހުޅުމާލެ އިން އެއްކޮށް މެންދުރު 12:40 ހާއިރުން ފެށިގެން ފަސް ގަޑިއެއްހާއިރު ވަންދެން ކުއްލި ގޮތަކަށް ކަރަންޓު ކެނޑުނު މައްސަލައާ ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ހާއްސަ މަސައްކަތްތަކެއް ކުރާކަން ފުލުހުން އިއުލާނުކޮށްފައި ވަނިކޮށެވެ.

ފުލުހުން ރޭ "އެކްސް" ގައި ބުނީ، ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލުކޮށް، އާންމު ހާލަތަށް ރުޖޫއަ ވެވެންދެން ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ "ހާއްސަ މަސައްކަތްތައް" ކުރިއަށް ގެންދާނެ ކަމަށެވެ.

މާލޭގައި އާންމުކޮށް ވަޅި ފަދަ ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގަނީ ގޭންގުތަކުންނެވެ. ނަމަވެސް އެހެން ހަމަނުޖެހުންތަކުގައި ވެސް ތޫނު އެއްޗެހި ބޭނުންކޮށްގެން ބައެއް ފަހަރު މާރާމާރީ ހިންގަ އެވެ.

މި ހިނގާ މެއި 5، ގައި ވެސް މާލޭގައި މީހެއްގެ ގަޔަށް ވަނީ ވަޅި ޖަހައިފަ އެވެ. އެ ހާދިސާގައި ޒަހަމްވީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved