

9 ގްރާމްގެ މަސްތުވާ ތަކެއްޗާއި އެކީ އދ. މމިގިލިން ފަސް މީހަކު ހައްޔަރު ކޮށްފިއެވެ.
މި މީހުން ހައްޔަރު ކޮށްފައި ވަނީ، މަސްތުވާ ތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ އޮޕަރޭޝަނެއްގައެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން ފުހުލުން ނަށް ލިބިފައި ވާ މައުލޫމާތުގެ އަލީގައި މާމިގިލީގެ އެ މީހުންނާ ގުޅޭ 7 ތަނެއް ބަލައިފާސްކުރިއިރު، އެ ތަނުން 9.6 ގުރާމުގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ވަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ހައްޔަރު ކޮށްފައި ވަނީ އެރަށު، ރޯޅި، މުޙައްމަދު ޝަހުދު (27އ)، އާއި ވިލެޖް، އަޙުމަދު ފިރުޝާން (28އ)، އާއި ރީފްސައިޑް، ރިސްވާން އިބްރާހީމް (30އ)، އާއި އެވަރެސްޓް، އަލީ ޝާނީޒް (39އ) އަދި ކުވައިތު، މުޙައްމަދު މަޙްމޫދު (34އ) އެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ރިސްވާނާއި މަޙްމޫދު 15 ބަންދުގެ މުއްދަތެއްޖަހާ، އަދި ފިރުޝާނާއި ޝަހުދުގެ އަދި ޝާނީޒްއަށް ވަނީ 5 ދުވަހުގެ ބަންދުގެ މުއަދަތަކަށް އަމުރުކޮށްފައި ކަމުގައި ފުލުހުން ހާމަކުރިއެވެ.
މި އޮޕަރޭޝަނަކީ ދިވެހިރާއްޖެ އިން މަސްތުވަތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަގުސަދުގައި ފުލުހުން ކުރިޔަށް ގެންދާ ހަރަކާތެކެވެ.