ހުޅުމާލޭ ފޭސް 2 / އެޑިޝަން.އެމްވީ
ހަބަރު
ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ހުޅުމާލޭން ޒަހަމްކޮށްލައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
03 ޖޫން 2025
މާލެ ސިޓީ

ހުޅުމާލޭގައި ހިންގި މާރާމާރީއެއްގެ ތެރެއިން ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލެ 2 ގައި ބިދޭސީއަކަށް ހަމަލާދީގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެކަމަކު، އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ހުޅުމާލޭގައި މިދިޔަ ހޮނިހިރު ދުވަހު ވެސް މާރާމާރީއެއް ހިނގައިފައި ވެއެވެ. މި މާރާމާރީގައި މީހެއްގެ ނޭފަތް ފަޅައިލައިފައި ވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަތައް އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved