ކަރަންޓު ކެނޑުމުގެ ސަބަބުން އާންމު ދިރިއުޅުމުގެ ގިނަ ކަންތައްތަކަށް ވަނީ ބުރޫ އަރާފައި / ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހަބަރު
ރޭގެ މާރާމާރީއާއި ގުޅިގެން ކުޑަކުއްޖަކު ހައްޔަރުކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
04 ޖޫން 2025
މާލެ ސިޓީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކުގައި ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދީ، ޒަޚަމުކޮށްލި ކަމަށް ބުނެ، ކުޑަކުއްޖަކު ހައްޔަރުކޮށްފި އެވެ.

ރޭ ހިނގި މި މާރާމާރީއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ.

މި މާރާމާރީގައި އަނިޔާވީ އިންޑިއާ ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ. އޭނާއަށް ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ފިރިހެން މީހާގެ ހާލު ސްޓޭބަލް ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved