

ލ. ގަން ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ މަހަކަންފުށި ކައިރީގައި މަސްހިފަން މޫދަށް ފައިބައި އުޅެނިކޮށް ގެއްލުނު މީހާ ނިޔާވެއްޖެ އެވެ.
ނިޔާވެފައިވަނީ ލ. ގަން، ތުނޑީ، ފެސްފަރީ އަބްދުލްސަމަދު މުހައްމަދު (65އ) އެވެ.
ގަމުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ދާ ޖަހައިގެން މަސްހިފަން އަބްދުލްސަމަދު ދިޔައީ އިތުރު ބަޔަކާ އެކުގަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، މޫސުން ވެސް ގޯސް ދުވަސްވަރެކެވެ.
މީގެ ކުރިން ވެސް މޫސުން ގޯސްވުމުގެ ސަބަބުން، މޫދަށް އެރި އުޅުމުގެ ތެރެއިން އެކިއެކި ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.