

ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ)ގެ މަގާމަށް ކުރިމަތިލީ އެންމެންނާ އިންޓާވިއުކޮށްފި އެވެ.
އެ މަގާމަށް ކުރިމަތި ލުމަށް، ހޯމް މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލީ އެކްޓިން ކޮމިޝަނަރުގެ މަގާމުުގައި ހުންނެވި އިސްމާއިލް ނަވީން އާއި ކުރީގެ އެކްޓިން ސީޕީ ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް އެވެ.
އެ މަގާމަށް ކުރިމަތިލި ފަރާތްތަކަށް އިންޓަވިއުކޮށް ލިބުނު މާކްސްތައް މިދިޔަ ހަފްތާގައި މިނިސްޓްރީއަށް ފޮނު ވާފައި ވާ ކަމަށާއި އީދު ބަންދަށް ފަހު އެ މަގާމަށް ބޭފުޅަކު އައްޔަން ކުރާނެ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.
ސީޕީ ގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ސުޖާއު އިސްތިއުފާދެއްވުމުންނެވެ. އެޕްރީލް 26، ގައި އިސްތިއުފާދެއްވީ އާއިލީ ބައެއް ޒިންމާތަކުގެ އިތުރުން އޭޕްރީލް 18، ގެ ފަތިހު ހެންވޭރު އިމާރާތެއްގެ މަތިން ވެއްޓި ބޮޑެތި އަނިޔާއެއް ވި ހައްވާ ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން ކަން ވަނީ ފާހަގަ ކުރެވިފަ އެވެ.
ކުރީގެ ކޮމިޝަނާ ސުޖާއުގެ އިސްތިއުފާއަށްފަހު ފުލުހުންގެ ހިދުމަތް ހިންގެވުން ފުރަތަމަ ހަވާލުކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާ އެވެ. ނަމަވެސް އާންމުންގެ ފާޑުކިޔުންތައް އަމާޒުވެ މާގިނަ އިރު ތަކެއް ނުވަނީސް ހޯމް މިނިސްޓްރީން ވަނީ އެ ނިންމުން ބަދަލުކޮށް، ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީންއާއި މަގާމު ވަގުތީ ގޮތުން ހަވާލުކޮށްފަ އެވެ.