

ދުއްވުން މަނާ ގަޑިއެއްގައި އެއްގަމު އުޅަނދު ދުއްވި 11 ފަރާތެއް ޖޫރިމަނާ ކޮށްފި އެވެ.
ހަވީރު 16:00 އިން 18:00 އަށް މަލެ ސަރަހައްދުގައި ދުއްވާ އެއްޗިހި ދުއްވުން މަނާ ކޮއްފައިވެއެވެ. އަދި މި ވަގުތުގައި ފުލުހުންވަނީ ޓްރެފިކް ހާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެން ގޮސްފަ އެވެ.
ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައި ވެހިކަލް ދުއްވައިގެން 11 މީހެއް ޖޫރިމަނާކޮށްފައިވާކަމަށެވެ. އަދި 141 މީހަކަށް ނަސޭހަތްތެރިވަފައިވާކަމަށާއި 3 އުޅަނދެއް ޓޯވކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.
ޓޯވކުރި އުޅަނދުތަކުގެ ތެރޭގައި ނުރައްކާތެރިކޮށް ދުއްވައިގެން ހުއްޓުވި ވެހިކަލަކާއި، މުއްދަތު ހަމަވެފައިވާ ލައިސަންސަކާއެކު ދުއްވި އުޅަނދެއްގެ އިތުރުން ލައިސަންސް ނެތި ދުއްވި އުޅަނދެއް ހިމެނޭކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.