

ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރަށް، ޑިގްރީ ފެންވަރާއި، އެއަށްވުރެ މަތީ ފެންވަރުގެ ތައުލީމް ހާސިލްކޮށްފައިވާ ހަތަރު ސެކިއުރިޓީ އެނަލިސްޓުން ހޯދުމަށް އިއުލާނު ކޮށްފިއެވެ
މިފުރުސަތު ހުޅުވާލައިފައި ވަނީ އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި މިދިޔަ ފަސް އަހަރު ތެރޭ މަނާކޮށްފައިވާއެއްވެސް ކަހަލަ މަސްތުވާއެއްޗަކުން ދުރުވުމަށް ފަރުވާ ހޯދާފައިވާ މީހަކަށް ވެގެންނުވާނެ ކަމަށް އެއިއުލާނުގައި ވެއެވެ.
މި މަގާމަށް މީހުން ހޮވުމުގައި އިސްކަންދޭނީ މަގާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ މީހުންނަށް ކަމަށް އިއުލާނުގައި ވެއެވެ.
މި މަގާމުގެ މުސާރައިގެ ގޮތުގައި، ހުރިހާ އިނާޔަތަކާއެކު ޖުމްލަ 22،200 ރުފިޔާ މަހަކު ލިބޭނެއެވެ.
ސައިބާ ކްރައިމް އަކީ ރާއްޖޭގައި މިހާރު ވަރަށް އާންމު ވެފައި ވާ ކަމެއް ކަންވެސް ފާހަނގަ ކުރެވެއެވެ.