theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން / ސޯޝަލް މީޑިއާ
ހަބަރު
ޕޮލިސް ކޮމިޝަނަރު ކަމަށް ނަވީން އައްޔަން ކުރައްވައިފި
Mariyam Ibrahim
މަރިޔަމް އިބްރާހިމް
10 ޖޫން 2025
މާލެ ސިޓީ

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް، ވަގުތީ ގޮތުން އެ މުއައްސާސާ ހިންގުން ހަވާލުކޮށްފައިވާ  ޑެޕިއުޓީ ކޮމިޝަނާ އިސްމާއިލް ނަވީން އައްޔަން ކޮށްފި އެވެ.

ޕޮލިސް ކޮމިޝަނަރު ހުސްވެފައި ވާ މަގާމަކީ ދާދި ފަހުން އެމަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އެޕްރީލް މަހު މަގާމުން އިސްތިއުފާ ދެއްވުމުން ހުސްވެފައި ވާމަގާމެކެވެ. އެހެންކަމުން މި މަގާމަށް ކުރި މަތި ލުމަށް ދާދި ފަހުން ފުރުސަތު ހުޅުވާފައި ވާއިރު، ކުރިމަތި ލައިފައިވަނީ ނަވީންގެ އިތުރުން 3 ފަރާތެކެވެ.

ނަވީނުގެ އިތުރުން އެމަގާމަށް ކުރިމަތި ލައިފައި ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ސައުތު ޕޮލިސް ކޮމާންޑަރު އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝަމީމް އެވެ. މި ދެބޭފުޅުން ވެސް މަގާމަށް ޝަރުތު ހަމަވާކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމަކީ ރައީސް އައްޔަން ކުރައްވާ މަގާމެއް ކަމަށާއި އަދި އެމަގާމަށް ރައީސުލް ޖުމުހޫރިއްޔާ ބޭފުޅަކު އައްޔަން ކުރާނީ  ހޯމް މިނިސްޓަރުގެ ލަފާގެ މަތިން ކަމުގައި ފުލުހުންގެ ގާނޫނުގައި ވެއެވެ.

މީގެ އިތުރުން ޕޮލިސް ބޯޑުން ކުރިމަތިލީ ބޭފުޅުން ވަޒަންކޮށް، އިންޓަވިއުކުރުމަށްފަހު އަރުވާ ރިޕޯޓްގެ މައްޗަށް ބިނާކޮށް ހޯމް މިނިސްޓަރު ލަފާދެއްވާނޭ ކަމުގައިވެސް އެ ޤާނޫނުގައި ވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved