އިންޑިއާގެ ބޮޑުވަޒީރު މޯދީ / އިންޑިއަން އެކްސްޕްރެސް
ދުނިޔެ
އިންޑިއާ ރައްޔިތުންނަށް ވޯކް ވިސާ ދޫކުރުން ސައުދީން މެދުކަނޑާލައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
10 ޖޫން 2025
މާލެ ސިޓީ

އިންޑިއާ ރައްޔިތުންނަށް "ބްލޮކް" ވޯކް ވިސާ ދޫކުރުން ސައުދީން މެދުކަނޑާލައިފި އެވެ.

ބްލޮކް ވޯކް ވިސާއަކީ ސައުދީ ކުންފުނިތަކަށް ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން ވަޒީފާ އަދާކުރުމުގެ ހުއްދަ ކުރިން ދޭ ކޯޓާތަކެވެ.

އިންޑިއާގެ އިތުރުން ބްލޮކް ވޯކް ވިސާ މެދުކަނޑާލި ގައުމުތަކަކީ މިސްރު، އިންޑޮނޭޝިއާ، އުރުދުން، ޔަމަން، މޮރޮކޯ، ޓިއުނީޝިއާ، ސޫދާން، އިތިއޯޕިއާ، އަލްޖީރިއާ، އިރާގު، ޕާކިސްތާން، ބަންގްލަދޭޝް އަދި ނައިޖީރިއާ ހިމެނެ އެވެ.

ބްލޮކް ވިސާ ބައެއް ގައުމުތަކަށް މެދުކަނޑާލުމުގެ ސަބަަބުން ބޭރުގެ މަސައްކަތްތެރިނަށް ބަރޯސާވާ ސައުދީގެ ކުންފުނިތަކަށް އޭގެ އަސަރު ކުރާނެ ކަމަށް ބެލެވެ އެވެ.

އެ ސަސްޕެންޝަނަށް ދެމި އޮންނާނީ މި މަހުގެ ނިޔަލަށް ކަމަށް ސައުދީ ނޫސްތަކުން ބުނެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved