

ގިނަފަހަރެއްގެ މަތިން ވައްކަމުގެ މައްސަލައިގައި ހައްޔަރު ކުރިިފަރާތެއް އަނެއްކާވެސް ފުލުހުން ހައްޔަރު ކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ގައްދޫ، ރޯޝަނީގެ، 59އަހަރުގެ އަބްދުﷲ ސަމީރު އެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ ވައްކަމުގެ ކުށުގެ ތުހުމަތެވެ. ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ.
އާދައިގެ މަތިން މާލޭގެ މަގުތައް ޕެޓްރޯލް ކުރަމުން ދަނިކޮށް ކާނޭޝަންމަގު/ ފާމާސް ފުރުޓް އެންޑް ވެޖްޓެބަލް ފިހާރައިން މީހަކު ގޮވުމުން، އެ ސަރަހައްދަށް ހާޒިރުވެފައި ވާނެ ކަމަށާއި ފުލުހުން އެ ސަރަހައްދަށް ދިއުމުން، ފިހާރައިގެ ވެރިފަރާތުން ވަނީ ވައްކަންކުރަން އުޅުނު މީހަކު ހިފައްޓާފައިވާ ކަމަށް މައުލޫމާތު ދީފައިވާ ކަމުގައި ފުލުހުން ހާމަކޮއްފައިވެ އެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައުލޫމާތު ސާފުކުރުމުން، އޭނާ ވަގަށް ނަގަން މަސައްކަތްކުރީ ފެލިވަރު ބްރޭންޑުގެ 16 މަސްދަޅުކަން އެނގުނުކަމަށް ފުލުހުން ހާމަޮށްފައި ވެ އެވެ. އަބްދުﷲ ސަމީރަކީ ކުށުގެ ވެށީގައި އުޅޭ މީހެއްކަމަށާއި އަދި، މީގެ އިތުރުން އެންމެ ގިނައީ ވައްކަމުގެ މައްސަލަކަމުގައި ވެއެވެ.
އޭނާ އަކީ 26 ފަހަރު އެކި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހެއް ކަމަށާއި އޭގެ ތެރެއިން 16 ފަހަރެއްގައި ކޯޓުން ވަނީ އޭނާގެ ބަންދު ޖަހައިދީފައި ކަމަށްް ފުލުހުން ހާމަކުރެ އެވެ.