March 14, 2026
Advertisement
މޫލީ ރޯދަ ސޭލް - ބަދިގެއަށް ބޭނުންވާ ސާމާނު އެއްތާކުން!
މޫލީ ރޯދަ ސޭލް - ބަދިގެއަށް ބޭނުންވާ ސާމާނު އެއްތާކުން! / އުރީދޫ

ހާއްސަ ޑިސްކައުންޓު ތަކަކާއެކު މޫލީ ރޯދަ ސޭލް ފަށައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Feb 21, 2024, 12:32 AM
މާލެ ސިޓީ

ހާއްސަ ޑިސްކައުންޓު ތަކަކާއެކު މޫލީ ރޯދަ ސޭލްއިން ބަދިގެއަށް ބޭނުންވާ ތަފާތު ސާމާނު ވިއްކަން ފަށައިފިއެވެ.

Advertisement

އުރީދޫ މޯލްޑިވްސް އިން ބުނީ، މޫލީ، އީކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް މި ސޭލްގައި ގޭތެރެ ޒީނަތްތެރިކޮށް ބަދިގެއަށް ބޭނުންވާ ސާމާނުގެ އިތުރުން އާންމުކޮށް ވިޔަފާރިކުރާތަކެތި ފަސޭހަކަމާއެކު އޮންލައިންކޮށް ލިބޭނެ ކަމަށެވެ.

އުރީދޫއިން ހާމަކުރާ ގޮތުގައި ރަމަޟާން މަހަކީ އެއްބައިވަންތަކަން ދިރުވާ އާލާ ކުރާ މަހަކަށްވުމުން އާއިލާ އާއި ރައްޓެހިންނާއިއެކު ގުޅުން ބަދަހި ކުރުމަށް ވަގުތު ހޭދަ ކުރުމަކީ އާދަކާދައަކަށްވެފައި ހަމަ އެއާއެކު، ގޭތެރެ ޒީނަތްތެރިކޮށް ބަދިގެއަށް ބޭނުންވާ ސާމާނު ހަމަކޮށް އާކުރުމަކީވެސް ރަމަޟާން މަހައް ތައްޔާރުވުމުގެ ބޮޑު ބަޔަކަށް އޮންނަނީ ވެފައި ކަމަށެވެ.

އެހެންކަމުން ރަމަޟާން ތައްޔާރުވުމުގެ ގޮތުން އާންމުކޮށް ވިޔަފާރިކުރާތަކެތި ފަސޭހަކަމާއެކު އޮންލައިންކޮށް، މަގްބޫލު އީކޮމާރސް ޕްލެޓފޯރމް މޫލީ ރޯދަ ސޭލް ވަނީ ފަށާފައި ކަމަށާ މި ސޭލް ރޯދަމަސް ނިމެންދެން ކުރިއަށްދާއިރު ބައްލަވައިގަންނަ ކޮންމެ އައިޓަމެއްވެސް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރކޮށްދޭނެއެވެ.

ރޯދައަށް ބޭނުންވާ ތަކެތި ހިމެނޭ ސޭލް ސެކްޝަނުގައި ފަރުނީޗަރ، މަރޮށި ދިޔާހަކުރު، އެޑިއުކޭޝަނަލް މުސައްލަ، ރާއްޖޭގައި ރޯސްޓުކުރާ ކޮފީ، ނަޓް ބަޓަރސް އަދި ރާއްޖޭގައި ހައްދާފައިވާ ތަރުކާރީ ފަދަ އެތަކެއް އައިޓަމެއް ވަނީ ހިމަނާފައެވެ. އެކި ރޭންޖުގެ ނަން މަޝްހޫރު ބްރޭންޑް ތަކުގެ މި ޕްރޮޑަކްޓްތަކަކީ އިތުބާރުހިފޭ މަރޗަންޓުން ޕްލެޓފޯރމގައި ފީޗަރ ކުރައްވާ ޕްރޮޑަކްޓްކެވެ. މޫލީ ޓީމުން ދެންނެވިގޮތުގައި ކުރިއަށް އޮތްތަނުގައި ގިނަ މަރޗަންޓުންނާއިއެކު އިތުރު ޕްރޮޑަކްޓްތައްވެސް ފެނިގެންދާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved