

މާލޭގެ ގެއެއް ތެރޭގައި މަރުވެފައި އޮއްވައި މީހަކު ފެނިގެން ފުލުހުންގެ ތަހުގީގެއް ފަށައިފި އެވެ.
ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނުނީ މައްޗަންގޯޅީގައި ހުރި ގެއަކުންނެވެ. އެ އިމާރާތުގެ ކައިރިއަށް އެމްބިއުލާންސާއި ސިއްހީ އެހީތެރިން ދިޔައީ ހެނދުނު 06:35 ހާއިރު އެވެ. އެ މީހާގެ ހަށިގަނޑު ނެރެގެން ގެންދިޔައީ 08:30 ހާއިރު އެވެ.
މަރުވެފައި އޮއްވައި ފެނުނީ ހއ. ހޯރަފުށީ، ކުދިލުނބޯގެ، މުހައްމަދު ރާޒީ އެވެ.
ނަމަވެސް މިކަމާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.