

ސައްހަ ނޫން ޓްރާންސްފާ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގައި އަންހެންކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުން އަންނަ، ސައްހަ ނޫން ޓްރާންސްފާ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގައި އާއިޝަތު މަލީހާ، ހދ. މަކުނުދޫ/ ލުނބޯގަސްދޮށުގެ ހޯދަން ފޮޓޯ އާއި ވަނަވަރު އާންމުކުރީ އޭނާ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ކަމަށެވެ.
އެހެންވެ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގެ ދަށުން ތަހުގީގަށް ހާޒިރުވާން އަންގައި އިއުލާންކުރީ ކަމަށް ބުންޏެވެެ.
އުމުރުން 22 އަހަރުގެ އެ އަންހެން މީހާއަށް ހާޒިރުވާން އަންގާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށެެވެ.