theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި / ޕޮލިސް
ހަބަރު
18 ކިލޯ ޑްރަގު މައްސަލައިގައި ހައްޔަރު ކުރި ބިދޭސީ މީހާ ދޫކޮށްލައިފި
Mariyam Ibrahim
މަރިޔަމް އިބްރާހިމް
12 ޖޫން 2025
މާލެ ސިޓީ

މިދިޔަ އަންގާރަ ދުވަހުގެ ރޭ ކަސްޓަމްސްއިން އަތުލައިގަތް 18 ކިލޯގެ ޑްރަގު މައްސަލައިގައި އެ މުދާތައް ކްލިއާ ކުރަން ދިޔަ ބިދޭސީ މީހާ ފުލުހުން މިއަދު ދޫކޮށްލައިފި އެވެ.

އިންޑިއާގެ ބެންގަލޫރުން އައި ފްލައިޓަކުން ގަސް ޕޮޓްތަކެއްގައި ފޮރުވައިގެން ރާއްޖެ އެތެރެ ކުރަން އުޅުނު 18 ކިލޯގެ ޑްރަގު ކަސްޓަމްސްއިން އަތުލައިގަތީ، އަންގާރަ ދުވަހުގެ ރޭ އެ މުއައްސަސާއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

އެ ތަކެތީގެ އަގު ގާތްގަނޑަކަށް 26 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި އެ ޑްރަގު ހުރި ޝިޕްމަންޓް ކްލިއާ ކުރަން ދިޔަ 35 އަހަރުގެ ބަންގްލަދޭޝްގެ ބިދޭސީއަކު އެ ރޭ ފުލުހުން ހައްޔަރު ކޮއްފައި ވާކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ. ނަމަވެސް މިއަދު އޭނާ ދޫކޮށްލި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އޭނާ ދޫކޮށްފައިވަނީ ފުލުހުންގެ ތަހުގީގަށް ބެލިބެލުމުން، މަސްތުވާތަކެތި ރާއްޖެ އެތެެރެ ކުރި ބަޔަކާއި މުދާ ކްލިއާ ކުރަން ދިޔަ މީހާއާ ގުޅުމެއް އޮތް ކަމަށް ނުފެންނާތީ ކަމުގައި ފުލުހުން ހާމަކޮށްފައިވެއެވެ.

މިއީ މިހާތަނަށް އެއްފަހަރާ އެންމެ ގިނައިން ރާއްޖެއިން މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved