February 20, 2026
Advertisement
-
- / ސީ.އެން.އެން

ފަލަސްޠީނުގެ މިނިވަން ދައުލަތާ ގުޅޭ ބައްދަލުވުމުގައި ބައިވެރިނުވުމަށް އެމެރިކާއިން ގޮވާލައިފި

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 12, 2025, 07:05 PM
މާލެ ސިޓީ

ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އަންނަ ހަފްތާގައި އ.ދ.ގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައި ވާއިރު މިބައްދަލުވުމުގައި ބައިވެރިނުވުމަށް އެމެރިކާގެ ސަރުކާރުން އެހެން ޤައުމުތަކަށް ގޮވާލައިފިއި ވެއެވެ.

Advertisement

މި ބައްދަލުވުމަކީ ފަރަންސޭސިވިލާތާއި ސަޢުދީ ޢަރަބިއްޔާއިން ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމަށްފަހު އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅާ ކޮންމެ ޤައުމަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތުތަކުގެ މަސްލަހަތާ ދެކޮޅަށް ޢަމަލުކުރާ ޤައުމެއްގެ ގޮތުގައި ބެލެވޭނެ ކަމަށް އެމެރިކާއިން ޤައުމުތަކުގެ ސަރުކާރުތަކަށް ފޮނުވި ލިޔުމުގައި ބުނެފައި ވެއެވެ. އަދި އެފަދަ ޤައުމުތަކާ ދެކޮޅަށް ޚާރިޖީ ފިޔަވަޅުތައް އެޅުން އެކަށީގެންވާ ކަމަށްވެސް އެ ލިޔުމުގައި ބަޔާންކޮށްފައިވެއެވެ.

މި ބައްދަލުވުމުގެ ތެރެއިން ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮން ބުނެފައި ވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އެ ޤައުމުން ބަލައިގަތުން އެކަށީގެންވާ ކަމަށް އިޝާރާތްކުރައްވާފައެވެ. އަދި ފަރަންސޭސިވިލާތުން ވަނީ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއާއެކު ދެބަސްވުމަކަށް ނުގޮސް ވާނެ ގޮތެއް ހޯދަމުންދާ ކަމަށްވެސް ބުނެފައެވެ.

ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ކުރާ ކޮންމެ މަސައްކަތަކާ އެ ޤައުމުން ދެކޮޅުހަދާނެ ކަމަށާއި، އަދި މިއީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ މި ދަނޑިވަޅުގައި ޔަހޫދީންގެ އަދުއްވުންނަށް ވާގިވެރިވުން ކަމަށް އެމެރިކާއިން ބުނެފައިވެއެެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved