

ޑައިވިންއަށް ފޭބި ފަތުރުވެރިޔަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުން ދަނީ ޖަޕާނުގެ ފަތުރުވެރިޔެކެވެ. އޭނާ ޑައިވިންއަށް ފޭބީ މިއަދު ހެނދުނުގެ ވަގުތެއްގައި ކ. މާފުށީ ކައިރީގައި އޮންނަ ކަނޑޫމާ ތިލަ ކައިރިއަށް ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެ އެވެ.
އެއީ ކޮން ޖިންސެއްގެ ފަތުރުވެރިޔެއް ކަމަށް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް މާލޭ ސްކޮޑްރަން އިން ކުރަމުން އަންނައިރު އިތުރު ތަފްސީލެއް ނުދެ އެވެ.
ޑައިވިންއަށް ގޮސް އުޅުމުގެ ތެރޭގައި މަދުމަދުން މީހުން ގެއްލިގެން ރިޕޯޓު ކުރެ އެވެ. އަދި ބައެއް ފަހަރުތަކުގައި ގެނބިގެން ވެސް ފަތުރުވެރިން މަރުވެފައި އެބަހުއްޓެވެ.