theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޕޮލިސް / މާލެ ސިޓީ ކައުންސިލް
ހަބަރު
މަޖީދީ މަގުގައި ޕާކު ކޮށްފައިވާ 74 އުޅަނދެއް ޓޯ ކޮށްފި
Mariyam Ibrahim
މަރިޔަމް އިބްރާހިމް
15 ޖޫން 2025
މާލެ ސިޓީ

ގަވާއިދާ ޚިލާފަށް މާލޭ މަޖީދީ މަގުގައި ޕާކު ކޮށްފައިވާ 74 އުޅަނދު ފުލުހުން ޓޯ ކޮށްފިއެވެެ.


މަޖީދީމަގު މަރާމާތު ކުރުމަށްފަހު 2022 ވަނަ އަހަރުން ފެށިގެން އެމަގުގެ ދެ ފަރާތުގައިވެސް ޕާކްކުރުން ވަނީ މަނާކޮށްފައެވެ.

މަޖީދީ މަގުގައި ޤަވާއިދާ ޚިލާފަށް ޕާކު ކުރުން ވަނީ އިތުރުވެފައެވެ. މިކަމާއި ގުޅިގެން އާންމު ދަތުރު ފަތުރު ތަކާއި ޕަބްލިކް ޓްރާންސްޕޯޓުތަކަށް ދަތިވާހެން ހުންނަ އުޅަނދުތައް ފުލުހުން ދަނީ ޓޯކުރަމުންނެވެ.

އެހެންކަމުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފުލުހުންވަނީ މިހާތަނަށް ދެ ފުރޮޅުލީ 69 އުޅަނދާއި، ހަތަރު ފުރޮޅުލީ ހަތަރު އުޅަނދު ވަނީ ޓޯ ކޮށްފައެވެ. އަދި ޓޯ ކުރާ އުޅަނދު އަނބުރާ ލިބޭނީ 48 ގަޑިއިރު ފަހުން ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ހަމައެއާއެކު ފުލުހުންވަނީ އުޅަނދުތައް ޕާކުކުރުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުތަކުގައި ޕާކުކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

މާލޭގެ މަޖީދީމަގުގައި ހުއްދަނެތި ޕާކުކުރާ އުޅަނދުފަހަރުގެ ވެރިފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ހާމަކޮށްފައިވެއެެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved