February 21, 2026
Advertisement
ޕާޝިއަން ގަލްފްގެ ޚާރކްގައި ހުންނަ ތެޔޮ ފެސިލިޓީއެއް
ޕާޝިއަން ގަލްފްގެ ޚާރކްގައި ހުންނަ ތެޔޮ ފެސިލިޓީއެއް / ގެޓީ އިމޭޖަސް

ތެހެރާނުން ދޫކޮށްލާއި ފައިބައިގެން ދިއުމަށް ޓްރަމްޕް ގޮވާލެއްވުމާ ގުޅިގެން ތެލުގެ އަގު ދެ ޕަސެންޓަށް ވުރެ މައްޗަށް

Hussain Nawaf
ހުސައިން ނަވާފް
Jun 17, 2025, 11:24 PM

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގެ ވެރި ރަށް ތެހެރާނުން ދޫކޮށްލާއި ފައިބައިގެން ދިއުމަށް ގޮވާލެއްވުމާ ގުޅިގެން ތެލުގެ އަގު ދެ ޕަސެންޓަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ސަރަހައްދީ ހަމަނުޖެހުން ބޮޑުވެ، ތެލުގެ ސަޕްލައިއަށް ބުރޫ އަރާފާނެ ކަމުގެ ބިރު ވަނީ އިތުރުވެފައެވެ.

Advertisement

ބްލޫމްބާގް ނިއުސް އިން ބުނާ ގޮތުގައި ބްރެންޓް ކްރޫޑުން 1.17 ޑޮލަރު ނުވަތަ 1.6 ޕަސެންޓް މައްޗަށް ގޮސް ފީފާއެއްގެ އަގު 74.40 ޑޮލަރަށް އަރާފައިވެ އެވެ.

މީގެ އިތުރުން އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް ކްރޫޑްގެ ފީފާއެއް 1.34 ޑޮލަރު ނުވަތަ 1.87 ޕަސެންޓް މައްޗަށް ގޮސް 73.11 ޑޮލަރަށް އަރާފައިވެ އެވެ.

އީރާނަކީ ދުނިޔޭގައި އެންމެ ގިނައިން ކްރޫޑް އުފައްދާ އަދި އެކްސްޕޯޓްކުރާ އެއް ޤައުމު ކަމުން ސަހްޔޫނީންގެ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ސަޕްލައި އަށް އަސަރު ކުރާނެތީ ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.

މީގެ ސަބަބުން ރާއްޖޭގައި ލިބޭ ތެލުގެ އަގުވެސް އުފުލުން އެކަށީގެންވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved