February 21, 2026
Advertisement
ޕާޝިއަން ގަލްފްގެ ޚާރކްގައި ހުންނަ ތެޔޮ ފެސިލިޓީއެއް
ޕާޝިއަން ގަލްފްގެ ޚާރކްގައި ހުންނަ ތެޔޮ ފެސިލިޓީއެއް / ގެޓީ އިމޭޖަސް

އީރާނަށް ރޭ ދަންވަރު ދިން ހަމަލާތަކާ ގުޅިގެން ތެލުގެ އަގު އުފުލިއްޖެ

Hussain Nawaf
ހުސައިން ނަވާފް
Jun 13, 2025, 11:49 PM

އީރާނަށް ރޭ ދަންވަރު ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން ތެލުގެ އަގު އުފުލިއްޖެއެވެ.

Advertisement

ސަހްޔޫނީން ދިން މި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ހަމަނުޖެހުން ބޮޑުވެ، ތެލުގެ ސަޕްލައިއަށް އަސަރު ކޮށްފާނެކަމުގެ ބިރު ބޮޑުވެފައިވާއިރު ތެލުގެ އަގު ބަލާ ބެންޗްމާކެއް ކަމަށްވާ ބްރެންޓް ކްރޫޑްގެ އަގު ވަނީ ފީފާއަކުން 7 އިންސައްތަ މައްޗަށް ގޮސްފައެވެ.

ބްރެންޓް ކްރޫޑް ފީފާއެއް މިހާރު ހުރީ 74.22 ޑޮލަރަށެވެ.

ޔޫއެސް ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ކްރޫޑްގެ އަގު ވެސް ވަނީ ފީފާއަކުން 7.3 އިންސައްތަ މައްޗަށް ގޮސްފައެވެ.

ޔޫއެސް ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ކްރޫޑްގެ ފީފާއެއް މިހާރު ހުރީ 72.98 ޑޮލަރަށެވެ.

އީރާނަކީ ދުނިޔޭގައި އެންމެ ގިނައިން ކްރޫޑް އުފައްދާ އަދި އެކްސްޕޯޓްކުރާ އެއް ޤައުމު ކަމުން ސަހްޔޫނީންގެ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ސަޕްލައި އަށް އަސަރު ކުރާނެތީ ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.

މީގެ ސަބަބުން ރާއްޖޭގައި ލިބޭ ތެލުގެ އަގުވެސް އުފުލުން އެކަށީގެންވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved