February 21, 2026
Advertisement
އީރާން-އިސްރާއީލްގެ ހަމަނުޖެހުންތަކުގެ ސަބަބުން ބްރެންޓް ކްރޫޑުގެ ފީފާއެއްގެ އަގު 76 ޑޮލަރަށް އަރައިފި
އީރާން-އިސްރާއީލްގެ ހަމަނުޖެހުންތަކުގެ ސަބަބުން ބްރެންޓް ކްރޫޑުގެ ފީފާއެއްގެ އަގު 76 ޑޮލަރަށް އަރައިފި / ގެޓީ އިމޭޖަސް

ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 76 ޑޮލަރަށް ވުރެ މައްޗަށް

Hussain Nawaf
ހުސައިން ނަވާފް
Jun 18, 2025, 09:07 PM

ސާފުނުކުރާ ތެލުގެ އަގު ބޮޑުވެ ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 76 ޑޮލަރަށް ވުރެ މައްޗަށް އަރައިފިއެވެ.

Advertisement

އީރާނާއި ސަހްޔޫނީނާއި ދެމެދު އުފެދިފައިވާ ޖިއޮޕޮލިޓިކަލް ފިތުނަތައް ލުއިވާނެ ކަމުގެ އެއްވެސް އަލާމާތެއް ނުފެނުމުން ސާފުނުކުރާ ތެލުގެ އަގު ޖެހިޖެހިގެން ހަ ވަނަ ދުވަހު އުފުލިއްެޖެއެވެ.

އީރާނުގެ ޖުމްލަ 3.4 ދުވާލަކު މިލިއަން ފީފާގެ ތެރެއިން 1.5-2.0 މިލިއަން ފީފާގެ ކްރޫޑް އެކްސްޕޯޓް ކުރުމަށް ބުރޫއަރާފާނެތީ އިންވެސްޓަރުންނާއި އެނަލިސްޓުން ދަނީ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.

ބުދަ ދުވަހު ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް ކްރޫޑްގެ އަގު 0.64 އިންސައްތައިން އިތުރުވެ، އަންގާރަ ދުވަހު 4.3 އިންސައްތައިގެ ބޮޑު ކުރިއެރުމަކަށް އައިސްފައިވާއިރު، މިއީ ޖެނުއަރީ މަހުގެ ފަހުން އެންމެ މަތީ ހުރި ވަރެވެ.

ހަމައެފަދައިން ބްރެންޓް ކްރޫޑް ފިއުޗާސް ވަނީ މީގެ ކުރީ ސެޝަންގައި 4.4 އިންސައްތައިން އިތުރުވުމަށްފަހު އިތުރު 0.5 އިންސައްތަ މައްޗަށް ގޮސް، 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ނުފެންނަ މިންވަރަކަށް ފީފާއަކަށް 76.70 ޑޮލަރަށް އަރާފައެވެ.

ތެލުގެ އަގު ބޮޑުތަނުން އުފުލިގެން ދަނީ މެދުއިރުމަތީގެ ފުޅާ ހަމަނުޖެހުންތަކެއް ހިނގައިދާނެ ކަމުގެ ބިރު ބޮޑުކަމުންނެވެ.

ތެލުގެ ބާޒާރުގެ ކަންބޮޑުވުންތަކަށް އިތުރު ކަމެއް ގެނެސްދެނީ ދުނިޔޭގެ ތެޔޮ ޝިޕްމަންޓްތަކަށް މުހިންމު ކަނޑުގެ މަގެއް ކަމަށްވާ ސްޓްރޭޓް އޮފް ހޮރްމޫޒް ބަންދުވެދާނެ ކަމުގެ ބިރެވެ.

ތަޖުރިބާކާރުން މި ނުރައްކާ ކުޑަ ކަމަށް ވަޒަންކުރާއިރު، ސްޓްރޭޓް އޮފް ހޮރްމޫޒަށް އެއްވެސް ބޮޑު ބުރޫ އެރުމެއް އައިސްފިނަމަ ތެލުގެ އަގު އުފުލިދާނެކަމަށް ލަފާ ކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved