theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޖެމްކިއުގައި ފުލުހުންގެ ވެރިންވެސް ބައިވެރިވޭ / ސޯޝަލް މީޑިއާ
ހަބަރު
ޖެމްކިއު: ފުލުހުންގެ ތެރެއަށް ތައާރަފްކޮށްދިނީވެސް ވެރިން!!!!
17 ޖޫން 2025
މާލެ ސިޓީ

ޖެމްކިއު ސްކީމް ހިންގާ ޕްރޮމޯޓްކޮށް އޭގައި ބައިވެރިވުމަށް މީހުން ހޯދާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިވެހި ފުލުހުންގެ އިދާރާއިން ދީފައިވާއިރު، އެ އަވާގައި ގިނަ ފުލުހުންނާ އަދި ފުލުހުންގެ ވެރިންތަކެއްވެސް ޖެހިފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ދިވެހި ފުލުހުންގެ އިދާރާއާ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގުޅިގެން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި ދިވެހިންގެ މެދުގައި މިހާރު މަގުބޫލުވެފައިވާ ޖެމްކިއު ނުވަތަ ޖީއެމްސީއީ އިންވެސްޓްމަންޓް ސްކީމަކީ ޕިރަމިޑް ސްކީމެއް ކަމަށެވެ.

ފަދަ ސްކީމެއް ރާއްޖޭގައި ހިންގޭނީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ހުއްދައާ އެކު ނަމަވެސް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ރާއްޖޭގެ ގާނޫނާއި ހިލާފަށް ސީއެމްޑީއޭގައި ރަޖިސްޓްރީނުކޮށް ހިންގަނީ ސްކީމެއް ކަމަށެވެ. އެހެންކަމުން މިއީ ގާނޫނާ ހިލާފު ސްކީމެއް ކަމަށް ފުލުހުން ވަނީ ކަނޑައަޅާފައެވެ. އަދި އެ ގްރިޑްގައި ބައިވެރިވާ މީހުން ހޯދާ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ފާޑުކިޔާ ނުރުހުން ފާޅުކުރަން ފަށާފައެވެ. އަދި އެކަމުގައި އެންމެ ކުރިގައި ތިބެނީ ފުލުހުން ކަމަށްވެސް ބުނެ ގިނަ ބަޔަކު ފާޑުކިޔަން ފަށާފައިވެއެވެ. އެއާއެކު އެކަމުގެ ހަގީގަތް ހޯދާލަން ކުރި މަސައްކަތުން "ތޭރަ އޮންލައިން" މައުލޫމާތު ލިބުނު ގޮތުގައި ފުލުހުންގެ ވެރިންތަކެއްވެސް ޖެމްކިއުގައި ބައިވެރިވެއެވެ.

ނަން ހާމަނުކުރުމަށް އެދި މާލޭ އޭރިއާގައި މަސައްކަތްކުރާ ފުލުހަކު މި ނޫހަށް ދިން މައުލޫމާތަށް ބަލާއިރު، ފުލުހުންގެ ތެރެއަށް ޖެމްކިއު ތައާރަފްކުރީވެސް ފުލުހުންގެ ވެރިންގެ ތެރެއިންނެވެ. އަދި ޖެމްކިއު އަކީ ސީއީއަކީ ޕިރަމިޑް ސްކީމެއްކަމަށް ބުނެ ބަޔާން ނެރުނީ ފައިދާ ނަގާނެ ވަރަަކަށް ފައިދާ ނެގުމަށް ފަހުއެވެ. އެހެންކަމުން މިއީ ފުލުހުންގެ ވެރިން ރައްޔިތުންނަށް ފައިދާއެއް ވެދާނެތީ ކުރިއާލާ އަމިއްލައަށް މަންފާ ހޯދުމަށްފަހު ނެރުނު ބަޔާނެކެވެ.

ސްކީމާ ގުޅޭ ގޮތުން ހޯދި ހޯދުންތަކުން ދައްކާގޮތުގައި ސަރުކާރާއި ސަލާމަތީ ހިދުމަތްތައް ހިމެނޭހެން 50،000 އަށްވުރެ ގިނަ ދިވެހިން އޭގައި "އިންވެސްޓް" ކޮށްފައިވެއެވެ. އިދާރާތަކުގެ ސަމާލުކަމަށް މި ސްކީމް އައިއިރު ވެސް 25،000 އަށްވުރެ ގިނަ ދިވެހިން ދިޔައީ އެއަށް ފައިސާ ލަމުންނެވެ.

އޭގެތެރޭގައި ޕޮލިސް، އެމްއެންޑީއެފް، މަޖިލިސް މެންބަރުން، ސިވިލް ސާވަންޓުން، އަދި އާންމު އެހެން ދާއިރާތަކުގެ މީހުން ވެސް ހިމެނެއެވެ.

ފުލުހުންގެ ތެރޭގައި ވެސް ބައެއް އޮފިސަރުން މި ޕިރަމިޑް ސްކީމަށް 30،000 ޑޮލަރަށް ވުރެ ގިނައިން "އިންވެސްޓް" ކުރިކަން، ވެސް ކަށަވަަރުވެފައިވެއެވެ.

ޖީއެމްސީއީ ސްކީމް ރާއްޖެއަށް ތައާރަފުވެ، ހިންގަން ފެށިތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ވަރަށް ގިނަ ދިވެހީން ދަނީ މި ސްކީމަށް އިންވެސްޓުކުރަމުންނެވެ. އެ ސްކީމަށް މީހުން ފައިސާ ލުމުން, ފައިދާގެ ނަމުގައި ފައިސާ ދެމުންދާ ކަމަށް ވެއެވެ. އެނގިފައިވާ ގޮތުގައި އެއީ ބޭރުގެ ކުންފުންޏަކާ ގުޅިގެން ރާއްޖޭގައި ބަޔަކު އިސްވެ ހިންގާ ސްކީމެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved