April 30, 2026
Advertisement
އިރާނުގެ ސުޕްރީމް ލީޑަރު
އިރާނުގެ ސުޕްރީމް ލީޑަރު / ސީ.އެން.އެން

ޓްރަންޕްގެ ބިރުދެއްކުތަކަށް ތިރިނުވާނަން: ޚާމަނާއީ

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jun 19, 2025, 12:02 AM
މާލެ ސިޓީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްބިރުދައްކައި އަމާންދިނުމަށް ގޮވާލެއްވިތާ އެއް ދުވަސް ފަހުން ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވިދާޅުވީ އީރާނުގެ ގައުމަކީ "ސަރެންޑަރ" ކުރާނެ ޤައުމެއް ނޫން ކަމަށެވެ. އަދި  ޓްރަމްޕުގެ ބިރުދެއްކުންތަކަށް ނުގުޑާނެ ކަމަށާއި އަމާން ދޭން ނުޖެހޭނެ ކަމަށް، ޚާމަނާއީ ވިދާޅުވެއްޖެއެވެ.

Advertisement

"އީރާނާއި އެގައުމުގެ ރައްޔިތުންނާއި އެގައުމުގެ ތާރީޚު ދަންނަ ބުއްދިވެރި ބަޔަކު ދުވަހަކުވެސް މިގައުމާ އިންޒާރުގެ ބަހުން ވާހަކަ ނުދައްކާ" ކަމުގައި ޚާމަނާއީ ވިދާޅުވިއެވެ.

ސަހްޔޫނީއިން އިރާނަށް ހަމަލާދޭން ފެށުމަށްފަހު، ހުކުރު ދުވަހު ދެއްވި ފުރަތަމަ ބަޔާނުގައި ޚާމަނާއީ ވިދާޅުވެފައިވަނީ އިސްލާމީ ޖުމްހޫރިއްޔާއަށް ހަނގުރާމައެއް ނުވަތަ ސުލްހައެއް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.

އިރާނުގެ ޔޫއެން އެމްބެސެޑަރު އަލީ ބަހްރެއިނީ ވިދާޅުވެފައިވަނީ އެމެރިކާއިން ސަހްޔޫނީއާއި ބައިވެރިވެއްޖެނަމަ އިރާނުން ބަދަލުގައި ޖަވާބު ދޭނެ ކަމަށް އެމެރިކާއަށް އަންގާފައިވާނެ ކަމަށެވެ. އަދި މިހާރުވެސް ސަހްޔޫނީންގެ ޢަމަލުތަކުގައި އެމެރިކާ އިން ބައިވެރިވާކަމަށް ބެލެވޭ ކަމުގައި ބުނެފައި ވެއެވެ.

ސަހްޔޫނީންގެ ހަމަލާތަކާ ގުޅިގެން އަންގާރަ ދުވަހުގެ ރޭ އެތައް ހާސް މީހުން ތެހެރާނުން ފިލައިފައި ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved