theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ވެހިކަލެއް ޓޯކުރުމުގެ މަސައްކަތް ކުރިއަށް ދަނީ -- / ޕޮލިސް
ހަބަރު
ސަރުކާރަށް ޕާކުކުރާނެ ތަނެއް ނުދެއްކުނު، ބޭރު މަގުގައި ޕާކުކުރާ ވެހިކަލްތައް ވެސް ޓޯކުރަން ފަށައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
19 ޖޫން 2025
މާލެ ސިޓީ

މާލޭގެ ބޮޑުތަކުރުފާނު މަގު ނުވަތަ ބޭރު މަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ޓޯކުރާ އުޅަނދުތައް ދޫކުރާނީ 48 ގަޑިއިރު ފަހުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިއަދު ސޯޝަލް މީޑިއާގައި ފުލުހުން ކޮށްފައިވާ ޕޯސްޓެއްގައިވަނީ، ބޮޑުތަކުރުފާނު މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓަރާންސްޕޯޓަށް ދަތިވާ ގޮތަށް ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާނެ ކަމަށެވެ.

އެގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދު ދުއްވި ފަރާތާމެދު ފުލުހުން ފިޔަވަޅު އަޅާނެ ކަމަށާއި އެގޮތަށް ޓޯކުރާ އުޅަނދުތައް ދޫކުރާނީ 48 ގަޑިއިރު ފަހުން ކަމަށް ފުލުހުން ބުންޏެވެ.

ޕާކިން ޒޯން ދެއްކުމަށްފަހު ނޫނީ ވެހިކަލް ޓީ ކުރަން ނުފަށާނެ ކަމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގަތް ޑރ. މުއިއްޒު ސަރުކާރުން މިހާރު ގެންދަވަނީ ދައުލަތައް އާމްދަނީ ހޯދުމުގެ އުކުޅަކަށް ހަދާ ވެހިކަލް ތަކުގައި ސްޓިކާ ޖެހުމާއި ޓޯ ކޮށްގެން ރައްޔިތުން ޖޫރިމަނާ ކުރަމުން ނެވެ.

ފުލުހުން ވަނީ މަޖީދީ މަގުގައި ޕާކުކުރާ އުޅަނދުތައް ވެސް ޓޯކުރަން ފަށައިފަ އެވެ. ޓޯކުރާ ވެހިކަލްތައް ފުލުހުން ދޫކުރަނީ 750ރ. ގެ ޖޫރިމަނާއާ އެކު، ކުރިން ކޮށްފައި ހުރި އެހެން ވެހިކަލް ޖޫރިމަނާތަކާއި ނުދައްކާ ހުރި އަހަރީ ފީތައް ވެސް ދައްކައި ހަލާސް ކުރުމުންނެވެ.

ފުލުހުން މިދިޔަ ހަފުތާގައި ވަނީ ގަވާއިދާ ހިލާފަށް މަޖީދީ މަގުގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ. މަޖީދީ މަގަކީ ވެސް ވެހިކަލް ޕާކުކުރުން މަނާކަމެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved