theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ގްރީން ބިލްޑިންގައި ރޯވެފައި / އެމްއެންޑީއެފް
ހަބަރު
ސަރުކާރުގެ 3 މިނިސްޓްރީއެއް ގައި ރޯވި ހާދިސާއާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ބާއްވަން އުޅުނު ބައްދަލުވުން ކެންސަލް ކޮށްފި
Mariyam Ibrahim
މަރިޔަމް އިބްރާހިމް
24 ޖޫން 2025
މާލެ ސިޓީ

ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އަދި އެންވަރަމެންޓް މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތްތަކުގައި އަލިފާން ރޯވެ އަނދައި ހުލުވި ހާދިސާއާއި ގުޅިގެން ފުލުހުން މިއަދު ބާއްވަން އުޅުނު ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކޮށްފިއެވެ.

މިއަދު 3:45 ގައި ބޭއްވުމަށް ތާވަލު ކޮއްފައިވާ ނޫސްވެރިންގެ ބައްދަލުވުން ފުލުހުން ކެންސަލްކޮއްފައިވަނީ ދެން އެ ބައްދަލުވުން ބާއްވާނެ ވަކި ތާރީހެއް އިއުލާނު ނުކޮށެވެ.

ފުލުހުން މި ބައްދަލުވުން ކެންސަލް ކުރި އިރު ހާދިސާ ހިނގައިގެން އުޅުނު ދުވަސްވަރު ދިން މައުލޫމާތުގެ އިތުރުން، އެއްވެސް މައުލޫމާތެއް ހިއްސާކޮއްފައެއް ނުވެއެވެ.

މި މައުލޫމާތުގެ އިތުރުން، މާލޭގައި ދާދި ފަހުން ހިންގި ބޮޑު ޓެރަރިޒަމް އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދިނުމަށް ވނީ ހަމަޖެހިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާޗު 10، ގައި މާލޭގައި ފުލުހުންނާއި ސިފައިން ގުޅިގެން ޓެރަރިޒަމް ގެ އޮޕަރޭޝަނެއް ހިންގާފައިވެއެވެ.

އެ އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކުރިއިރު، އެ މީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގަ އެވެ. އަދި މިކަމާއި ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވާއިރު ހައްޔަރު ކުރި މީހުންގެ ވަނަވަރު ވެސް ހާމަކޮއްފައެއް ނުވެއެވެ.

ފުލުހުން ހިންގާ ބޮޑެތި ތަހުގީގުތައް ކޮޅެއްގައި ނުޖެހި އޮތުމަކީ އާންމުކަމަކަށް ވެފައިވީއިރު މި ތަހުގީގުތަކާ ބެހޭ މައުލޫމާތު ހިއްސާ ނުކުރާކަން ފާހަގަ ކުރެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?