March 20, 2026
Advertisement
ހުޅުމާލެ ހޮސްޕިޓަލު; ރެއިން ފެށިގެން މިއަދު ހެދުނަށް ކަރަންޓް ނެތް
ހުޅުމާލެ ހޮސްޕިޓަލު; ރެއިން ފެށިގެން މިއަދު ހެދުނަށް ކަރަންޓް ނެތް / ފޭސްބުކް

ހުޅުމާލެ ހޮސްޕިޓަލް 12 ގަޑިއިރަށް ބަންދުކޮށް, އަލުން ހިދުމަތައް ހުޅުވައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 27, 2025, 06:42 PM
މާލެ ސިޓީ

ހުޅުމާލެ ހޮސްޕިޓަލަށް ރެއިން ފެށިގެން ދިމާވި ކަރަންޓުގެ މައްސަލަ 12 ގަޑިއިރު ފަހުން ހައްލުކޮށް، އޯޕީޑީގެ ހިދުމަތް އަލުން މިއަދު ފަށައިފި އެވެ.

Advertisement

ހުޅުމާލެ ހޮސްޕިޓަލުގެ މައި ކަރަންޓު ޕެނަލަށް ދިމާވި އެ މައްސަލަ ހައްލުވަންދެން، އެ ހޮސްޕިޓަލުގެ އޯޕީޑީ ހިދުމަތްތައް ވަގުތީ ގޮތުން، ހުޅުމާލެ 2 ގެ ހިޔާ ފްލެޓު 16 ގައި ގާއިމުކޮށްފައިވާ ޖެނެރަލް ޕްރެކްޓިސް ކްލިނިކަށް ބަދަލުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ ކަރަންޓު މައްސަލައެއް ދިމާވެ ހޮސްޕިޓަލުން ކަރަންޓު ކެނޑެން މެދުވެރިވީ ކޭބަލަކަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.

މައްސަލަ ހައްލުކުރުމަށްފަހު އެ ހޮސްޕިޓަލުން ބުނީ، އެ ހޮސްޕިޓަލުގެ ކަރަންޓު ވިއުގާއަށް ދިމާވި މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް މިއަދު ހެދުނުން ފެށިގެން އަލުން ހިދުމަތް ދެމުންދާ ކަމަށެވެ. މި ހާލަތުގައި ރައްޔިތުންގެ ދިން އެއްބާރުލުމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އަދި ހޮސްޕިޓަލް ހިދުމަތްތައް އާންމު ހާލަތައް ގެނައުމަށް ސްޓެލްކޯ އެމްއެންޑީއެފް އަދި އެކި ގޮތްގޮތުން އެހީވެދިން ފަރާތްތަކަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved