March 20, 2026
Advertisement
ހުޅުމާލެ ހޮސްޕިޓަލު ހިންގުން ހުއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުގެ ރިޔާސަތުން ބަލައިނުގަތް
ހުޅުމާލެ ހޮސްޕިޓަލު ހިންގުން ހުއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުގެ ރިޔާސަތުން ބަލައިނުގަތް / ރައީސް އޮފިސް

ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް ހުއްޓޭތީ ހުށަހެޅި ކުއްލި މައްސަލަ ނުބެލި!

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jul 9, 2025, 05:23 PM
މާލެ ސިޓީ

ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތް ދިނުމަށް ދަތިތަކެއް ހުރި ކަމަށާއި އެ ހޮސްޕިޓަލުގެ ހިންގުން ހުއްޓުމަކަށް އައުމުގެ ބިރު އޮތް ކަމަށް ބުނެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

Advertisement

އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ހުށަހެޅުއްވި ކުއްލި އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ. މައްސަލަ ބަލައިނުގަތުމަށް 37 މެންބަރުން ވޯޓުދެއްވި އެވެ.

އެއާއެކު ރިޔާސަތުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ.

ހުޅުމާލެ ހޮސްޕިޓަލަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އިއްޔެ ވެސް ބައެއް ހިދުމަތްތަކަށް ބުރޫ އެރިއެވެ. އަދި ހިދުމަތްތައް އަލުން ފެށީ ގަޑިއިރެއް ފަހުންނެވެ.

މީގެ އިތުރުން ޖޫން 27، ގައި ކަރަންޓުގެ ކެނޑި އެ މައްސަލަ ހައްލުކޮށް އޯޕީޑީ އާންމު ހާލަތަށް ގެންނަން ހަ ގަޑިއިރު ނެގި ކަމަށާއި އިއްޔެ ވެސް ގަޑިއިރެއްހާ އިރަށް ހޮސްޕިޓަލުގެ ހިދުމަތަށް ބުރޫއެރި ކަން ވެސް ޝަމްހީދު ފާހަގަކުރެއްވި އެވެ. ޖޫން 27، ގައި ހިދުމަތް މެދުކެނޑި ބަލިމީހުން އެހެން ތަންތަނަށް ބަދަލުކުރަން ވެސް ޖެހުނެވެ.

އެހެންވެ ކުއްލި މައްސަލަ ހުށަހެޅުއްވީ މިކަމާ މެދު ބަހުސްކޮށް، ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved