
ހުޅުމާލާ ހޮސްޕިޓަލްއިން ބަލި މީހެއްގެ ކަރާމާތަށް އަރައިގަތް މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ އެ ބަލި މީހާ އެކްސް ހެންޑްލައި ކުރި ޕޯސްޓަކުންނެވެ.
އެގޮތުން ހައިފާ ނަމަކަށް ކިޔާ މީހަކު އެކްސްގައި ބުނެފައިވަނީ އޭނާއަށް ފިޓު ޖެހުމުގެ އަލާމާތްތަކެއް ފެނިގެން ހުޅުމާލޭ ހޮސްޕިޓަލްއަށް ދިޔައީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް ބަލި މީހުން ވަރަށް ގިނަ ވެފައި އެމެންޖެންސީގައި އެނދެއް ނެތުމުން ވެއިޓިން އޭރިއާގައި މަޑު ކުރުމަށް ބުނި ކަމަށާ އަދި އިތުރަށް އާލާމާތްތައް ފެނި ގޯސްވާނަމަ އެންގުމަށް ބުނި ކަމަށެވެ.
އޭގެ ފަހުން އޭނާއަށް ފިޓު ޖެހި އެކުގައި ދިޔަ އެހީތެރިޔާ އީއާރުގެ ސަމާލުކަމަށް އެކަން ގެނައި ކަމަށާ ނަމަވެސް ސިއްހީ އެހީތެރިންގެ ފަރުވާ އާ ބަލިމީހަށް އެޓެންޑްވީ ވަރަށް ލަހުންކަމަށްވުމުން ފުރަތަމަ އެހީވެސް އޭނާއަށް ލިބުނީ ލަހުން ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
އޭގެ ފަހުން މެންދަމުން އަލިވެ 1 ޖަހާ އެހާކަން އިރު އޭނާއަށް އެޓެންޑްވަމުން އައި ނަރުސް އީސީޖީއެއް ނެގުމަށް އައި ކަމަށް ހައިފާ ބުނެފައިވެއެވެ. ފެށީނީއްސުރެވެސް އެ ނަރުސް މީހާ އޭނާއާ މެދު ކަންތައް ކުރަމުން ދިޔައީ ވަރަށް ބޭއަދަބީ ގޮތަކަށް ކަމަށާ އަދި ހަރުކަށިކޮށް ވާހަކަ ދައްކަމުން ގެންދިޔަކަން ހައިފާ ފާހަގަކޮށްފައިވެއެވެ.
އީސީޖީ ނަގަން އައިސް އޭނާ ކައިރީ ހެދުން ބާލަން ބުނުމުން ހެދުން ބާލައިގެން އޮވެ ވެސް ނަރުސް "ރޫޑް"ކޮށް ކަންތައް ކުރަމުްނ ގެންދިއުމުން އެ ނަރުސް މީހާ ލައްވާ އީސީޖީ ނަގަން ބޭނުންނުވާ ކަމަށް ބުނުމުން އޭނާ ބަރަހަނާ ހާލަތުގައި އޮއްވާ އެނދުގެ ފަރުދާ ކަހާލުމަށް ފަހު އޭނާގެ އައުރަ ކަޝްފުކޮށް ނަރުސް މީހާ ދިޔައީ ކަމަށެވެ. އަދި ދަމުން އީއާރު ކައުންޓަރުގައި ތިބި އެހެން ނަރުހުންނާ މުޚާތަބުކޮށޤ ހަޅޭއްލަވާ ޒާތަށް ހައިފާ އީސީޖީ ނަގަން އެއްބަސްނުވި ކަމަށް ބުނި ކަމަށެވެ.
ހައިފާ ވެސް ވަރަށް ބާރަށް ތިމަން މިއޮތީ ބަރަހަނާ ހާލަތުގައޭ ފަރުދާ ކަހާފައޭ ތި ދިޔައީ ބުނުމުން އައިސް ފަރުވާ ކުޑަ ކޮށް ފަރުދާ ރަގަޅުކޮށްފައި ދިޔަކަމަށްވެސް ވެއެވެ. އޭނާ އެ މައްސަލަ ފުލުހުންނާ ނަރުހުންގެ ޖަގަހައިގައި ޖެއްސުމުން ފުލުހުން ބުނެފައިވަނީ އެއީ ހިދުމަތެއްގެ މައްސަލައެއް ކަމަށާ ހެލްތު މިނިސްޓްރީއަށް ހުށަހެޅުމަށް ކަމަށް ހައިފާ ބުނެފައިވެއެވެ.
ފުލުހުންގެ އެ ވާހަކައަށް ރައްދުދީ ހައިފާ ވަނީ އެއީ ހިދުމަތުގެ މައްސަލައެއް ނޫން ކަމަށާ އެއީ އޭނާގެ އިއްޒަތާ އަބުރަށް އަރައިގަތުން ކަމަށާ އެއީ ޖިނާއީ ކުށެއްކަމަށްވުމުން އެކަން ތަހުގީގުކުރަން ޖެހޭނެ ކަމަށް ބުނެފައެވެ.
މީގެ އިތުރުން ހޮސްޕިޓަލްުގެ ހެލްތް ކޯޑީނޭޓަރު ކުރިމަތީވެސް އެ ނަރުސް މީހާ ބޭއަދަބީ ބަހުން މުޚާތަބުކޮށްކޮށޤފައިވާ ކަމަށާ އެގޮތުން ހޮސްޕިޓަލަށް ހައިފާ ގެނައިއިރުވެސް އޮތީ "އޮރިޔާމުން" ކަމަށް ބުނެ އޭނާއަށް ރައްދު ދިން ކަމަށެވެ.
އޭނާ ހިދުމަތް ދިން ނަރުސް މީހާގެ ނަން ހޯދަން އެދުމުން ނަރުހުންގެ ޖަގަހައިންނާ ހޮސްޕިޓަލްއިން ވެސް އެކަމާ ދެކޮޅު ހެދި ކަމަށާ އަދި އެއީ ހޮސްޕިޓަލްގެ ޕްރޮޓޮކޯލުއާ ޚިލާފުކަމެއް ކަމަށް ވެސް ބުނި ކަމަށެވެ.
ނަރުސް މީހާގެ ނަން ހާމަނުކޮށް ހޮސްޕިޓަލުން ހިންގީ ޖަރީމާ ކަމަށާ އަދި އެއީ ސިއްހީ ހިދުމަތް މި ގައުމުގައި ދޭ އުސޫލާ ފެންވަރުތޯ އަހާ ހައިފާ ވަނީ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު އެ އެކްސްގައި ޓެގްކޮށްފައެވެ.
މިކަމާ ގުޅިގެން އެހެން މީހަކުވެސް ވަނީ އެކްސްގައި ޕޯސްޓެއް ކޮށްފައެވެ.
އެގޮތުން މުހައްމަދު ފައިސަލް ކިޔާ މީހަކު ކުރި ޕޯސްޓުގައި ބުނެފައިވަނި އަންގާރަ ދުވަހުގެ ރޭ މެންދަމު ހުޅުމާލޭ ހޮސްޕިޓަލުގެ ނަރުސް އަޒުރާ ނަމަކަށް ކިޔާ މީހަކު އިންސާނީ ކަރާމަތަށް އަރައިގެންފައިވާ ކަމަށާ އެ މައްސަލަ ބަަލއިދިނުމަށް ހެލްތު މިނިސްޓްރީގައި އެދޭ ކަމަށެވެ.
ފައިސަލް ބުނެފައިވާ ގޮތުގައި ހައިފާ އަކީ އޭނާގެ ދަރިފުޅެވެ.
ރާއްޖޭގައި މެޑިކަލް ނެގްލިޖެންސް ނުވަތަ ސިއްހީ ފަރުވާގެ ތެރެއިން ވާ އިހުމާލުތައް އިތުރުވެފައިވީ ނަމަވެސް އެކަމަށް ހައްލެއް ލިބިފައިނުވެއެވެ. މި ފަދަ ކަންކަމާ ދިމާވާ މީހުން އެކަމުގެ ހިތް ހަމަ ނުޖެހުމާ ޝާކުވާ ކުރި ނަމަވެސް އަޑުއަހާ ފިޔަވަޅު އަޅާނެ މުއައްސަސާއެއް ނެތްކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.
އިހުމާލުން ފުރާނަތއް މި ދުނިޔެއާ ވަކިވެފައިވެސް ވެއެވެ.










